ސްޓެލްކޯ ހެޑް އޮފީސް

ކަރަންޓު ބިލު ބޮޑުވަމުންގޮސް އަތުނުޖެހޭ ވަރަށް، ކަރަންޓަށް އެދި މަޔަކު ސޯޝަލް މީޑިއާގައި އާދޭސްކުރަނީ!

ކަރަންޓު ބިލު ބޮޑުވަމުންގޮސް އަތުނުޖެހޭ ވަރަށް އަރައި، ބިލް ނުދެއްކުމުުން ސޯޝަލް މީޑިއާގައި ކަރަންޓަށް އެދި މަޔަކު އާދޭސްކުރާ ޕޯސްޓެއް މިއަދު އާންމު ވެއްޖެއެވެ.

ލޫސިއާނާ މޫސާ ކިޔާ ފޭސްބުކް އެކައުންޓަކުން ބުނެފައިވަނީ ކަރަންޓުބިލް ނުދެއްކިގެން ކަރަންޓު ކަނޑާލުމުން އޭނާގެ ދަރިންތިބީ ކަރަންޓާނުލައި ހަދާނެ ގޮތް ހުސްވެފަ ކަމަށެވެ. އޭނާއަކީ އަތްމަތި ދަތިކޮށް އުޅޭ މީހެއްކަމަށާއި އެހެންވެ އެންސްޕާއަށް އެހީއަކަށް އެދުމުން އެތަނުން ޖަވާބު ދީފައިވަނީ އެހީ ހަމަޖެހެން 15 ދުވަސް ނަގާނެ ކަމަށެވެ.

އެހާ ދުވަސް ވަންދެން ކަރަންޓާ ނުލައި އުޅޭނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. އަދި އޭނާ ވަނީ ފައިސާ އެހީ ނުދިން ކަމުގައި ވިޔަސް އެންސްޕާގެ އެހީ ހަމަ ޖެހެންދެން ކަރަންޓު ލިބޭނެ ގޮތެއް ހޯދައި ދިނުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.

އެމީހާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ކަރަންޓު ބިލުން އެނގޭ ގޮތުގައި އޮގަސްޓު މަހުގައި އެމީހާގެ ބިލަށް އަރާފައިވަނީ 2،165.54 ރުފިޔާއެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ބިލަށް 5،464.47 ރުފިޔާ އަރާފައިވާއިރު އެ ބިލު އެމީހާވަނީ ދައްކާފައެވެ. އަދި ޖެހިގެން އައި އޮކްޓޯބަރު މަހުގައި 5،354.06 އަހަރާފައިވާއިރު ނޮވެމްބަރު މަހުު 5،492.20 ރުފިޔާ އެނާގެ ބިލަށް އަރާފައިވެއެވެ. ނޮވެމްބަރު މަހާއި ޑިސެމްބަރު މަހަށް 10،846.26 ރުފިޔާ ނުދެއްކި އޮތް ކަމަށް ދައްކައެވެ.

މީގެ ސަބަބުން މިއަދު އެގެއިން ކަރަންޓު ކަނޑާލާފައިވާކަން ހާމަކޮށް އޭނާ ވަނީ އާންމުންގެ އެހީއަށް އެދި ސޯޝަލް މީޑިއާގައި އާދޭސްކޮށްފައެވެ.

ކަރަންޓާއި ސާފު ބޯފެން އަދި ބޯހިިޔާވަހި ކަމަކީ ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ކޮންމެ ރައްޔިތަކަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެކެވެ.

ނަމަވެސް ފެނާއި ކަރަންޓުގެ އަގުތަށް އިންތިހާއަށް އަރައިގެން ގޮސްފައިވާކަން ވަރަށް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ގިނަ މީހުން ބުނެފައިވަނީ ކުރިން ބޭނުންނުކުރާ އިތުރު ވަސީލަތެއް އަދި ކުރިއަށް ވުރެ އިތުރަށް މީހުން ވެސް ގޭގަ ނޫޅޭ އިރު ކުއްލިއަކަށް ކަރަންޓުގެ އަގު އެތައް ތަނަކުން މަތިވެގެން ދިޔުމަކީ މައްސަލަ އެއް ކަމަށެވެ.

މީގެ ސަބަބުން ބިލްތައް ނުދެއްކި ކަރަންޓާއި ފެން ހޯދުމަށް މިހާރު ގިނަ ބަޔަކު ދަރަނިވެރިވެފައިވާ ކަމަށެވެ. ބައެއް މީހުން ބުނާގޮތުން ރައްޔިތުންގެ ބިލްތައް ކުއްލިއަކަށް މިހާ ބޮޑުވެގެން މިދަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި ތަކުން ވައްކަން ކުރުން އިތުރުވުމުގެ ސަބަބުންނެވެ. ބިލްތައް ކުއްލިއަކަށް ބޮޑު ވަމުންދާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސްޓެލްކޯއަކީ މީޑިއާތަކަށް އެންމެ ބޮޑު އަދަދުން ސްޕޮންސާދޭ އެއް ކުންފުންޏަށް ވާއިރު އާންމު ރައްޔިތުންނަށް މިފަދަ ތަކުލީފުތަށް އުފުލަން ޖެހުމަކީ ވަރަށް ދެރަކަމެކެވެ.

ނޯޓް: މިއާއިލާ އަށް ގުޅޭނެ ނަންބަރު 9765008

advertisement

3 Comments

  1. ލިބޭ މިންވަރު ދަނެގެން on

    ހާލަތާ އެއްވަރައް ހަރަދުތައްވެސް ކުރާނަމަ ތިޔަކަހަލަ ކަންކަމުގަ ސަލާންޖަހަން ޖެހޭނެހެން ހީނުވޭ އެހެނަސް މިގޮތައް ސަލާންޖެހުން ދިވެހިން އަންނަނީ ފެށަނަކައް ހަދަމުން މަވާ ސަލާމް

  2. ޑްރޯން ގަންނަން ޖެހޭ ތީ ކަރަންޓް ބިލް ކުޑަ ކުރެވޭ ކަށްނެތް. ޢެ ނުހޯދައި ގައުމުގެ މިނިވަން ކަން ޔަގީން ނުކުރެވެނެ. ށާބަސް ފަހުމީ ގައުމުގެ މިނިވަން ކަން ދެމެހެއްޓުމަށް ތިކުރާ ހިއްވަރަށް. އޭނާ އަށް ގައުމީ އިނާމު ހައްގު.

  3. އަތްމަތި ދަތިކޮށް އުޅޭ މީހެއްގެ ގެޔަށް 5000ރ ކަރަންޓަށް އަރާނެ ކަމަކަށް ނުފެނޭ. އަހަރެންގެ ގޭގަވެސް 2އޭސީ ހުންނަ އިރު ދައްކަނީ 1500ރ. ލިބޭ މިންވަރަށް ބަލައިގެން ހަރަދުތައް ހަމަޖެއްސުން ބުއްދިވެރިކަމެއް ކަމުގައި ދެކެން.

ހިޔާލު ދެއްވާ!