ބަލި މީހަކާ މެދު ގއ. ވިލިގިނލީ ހޮސްޕިޓަލުން އަމަލުކުރި އިންސާނިއްޔަތާ ޚިލާފު އަމަލު ބަލައި ޒިންމާވާ ފަރާތްތަކާ މެދު ފިިޔަވަޅު އަޅައި ދިނުމަށް ބަލި މީހާގެ އާއިލާއިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.
ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ލޯބިވާ ބައްޕަ (ހަސަން އަލީ- A112335) ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުން ފަރުވާހޯދި، ބަލީގެ ސަބަބުން ބައްޕަގެ ވާތުފައި ވަނީ ބުރިކޮށްލި ކަމަށެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާގެ ބައްޕަ ގޮވައިގެން ރަށަށް (ގދ. ނަޑެއްލާ)އަށް ދިޔުމަށް 11.01.25 ގަ ދަތުރު ކުރަމުން ދަނިކޮށް އޮކްސިޖަން ލެވެލް ދަށްވެގެން ގއ.ކޫއްޑޫ އެއާރޕޯޓުން އެމެޖެންސީކޮށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި 11.01.25 – 15.01.25 އާ ހަމަޔަށް އޭނާގެ ބައްޕަ އެޑްމިޓު ކޮށްފައި ވަނީ ގއ.އަތޮޅު ހޮސްޕިޓަލުގަކަމަށެވެ.
"15.01.25 ގަ ވިލިނގިލި ހޮސްޕިޓަލުން އަޅުގަނޑު ކައިރީގަ ނަރުސް ކުދިން ބުނެފައިވަނީ ބަލިމީހާ 24 ގަނޑި އިރު ތެރޭގަ ގެއަށް ގެންދިއުމަށް އެންގި ކަމަށެވެ. އެހެންނަމަވެސް ބައްޕަގެ ބަލިހާލަތު ހުރިގޮތުން އަދި މާލީ ހާލަތު ހުރިގޮތުން އެ އާއިލާއިން ބަލި މީހާގެ ދަތުރު ހަމަ ޖައްސައި ދިނުމަށް އެންސުޕާ އަށް އެދިފަވާނެކަމަށެވެ. ދަތުރު ހަމަ ޖެހެންދެން ހޮސްޕިޓަލުގައި ބޭއްވުމަށް އާދޭސް ކުރި ކަމަށެވެ. އަދި ބައްޕައަކީ ވިލިނގިލީ ރައްޔިތެއްނޫންކަމުން ހޮސްޕިޓަލުން ދޫކުރުމުން ގެންދާނެ ތަނެއް ހަމަޖެހެންދެން މަޑުކުރުމަށްވެސް އާދޭހާއެކު އެދުނު ކަމަށެވެ.
"މިއަދު ނަރުސް ކުދިން އައިސް އެންގީ 24 ގަޑި އިރު ހަމަވެއްޖެޔޭ ބަލިމީހާ ގޮވައިގެން ހޮސްޕިޓަލުން ނުކުތުމަށެވެ. އަޅުގަނޑު އާދޭސް ކޮށްފަ ނަރުސް ކުދިން ކައިރީގަ ބުނިން ބައްޕަ މި ހާލުގަ އެންސްޕާ ހަމަނުޖެހެނީސް ގެންދާނެ ގޮތެއް ނެތްވާހަކަ، ތަކުރާރުކޮށް ދެންނެވީމަވެސް ޖަވާބުގަ ބުނީ ހޮސްޕިޓަލް މެނޭޖްމެންޓްއިން ނިންމި ގޮތްކަމަށެވެ. އަޅުގަނޑުގެ ބައްޕަ ހޮސްޕިޓަލުން ބޭރު ކޮށްލީވެސް އަތުގަ ހުރި އައިވީ ކެނިއުލާވެސް ނުނައްޓައެވެ. ހަމަ ހުރިގޮތަށް ބޭރުކޮށްލީއެވެ. ބައްޕަ ހޮސްޕިޓަލުން ބޭރުކޮލުމުން ބައްޕަ ލޮލުން ފާބަމުންދިޔަ ކަރުތައް ފެނިފަ ނިކަމެތިކަން އިހުސާސް ވެގެން ދިޔައެވެ. މީތޯ ފަޤީރު، ނިކަމެތި، މީހުންނަން ހަދާގޮތަކީ؟ މީތޯ އިންސާފަކީ؟" އެމީހާ ބުނެފައިވެއެވެ.
އަދި މިހުރިހާ ކަމެއް ހިނގައިދިޔައިރު ބަލިމީހާގެ ހުރިހާ މެޑިކަލް ހިސްޓްރީީތައް ރަށުގެ ރައްޔިތުންގެ ތެރެއަށް މަޖާ ވާހަކަ ތަކެއްހެން ދައްކާ، މެޑިކަލް ޕްރޮފެޝަންގެ ކޮންފިޑެންޝިއަލިޓީ ދުއްވާލައި ނާތަހުޒީބު އަމަލުތައް ހިންގާފައި ވުމަކީވެސް ހިތާމައާ އެކު ފާހަގަ ކުރާ ކަމެކެވެ.
ހޮސްޕިޓަލްގެ މެނޭޖްމެންޓުން މިފަދަ ކަންތައްތައް ބަލައި މި ނަރުސް ކުދިންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމީހާ ބުނެފައިވެއެވެ.
"އެހާލުގައި ހުރި ބަލިމީހަކަށް މިފަދަ ދެރައެއް ދޭން ކެރޭނެ ކަމަކީވެސް އަޅުގަނޑު ހައިރާންވާ ކަމެކެވެ. ހޮސްޕިޓަލު ތަކަކީ ބަލިމީހާ އަދި ބަލިމީހާގެ އާއިލާ އެންމެ ބަރޯސާ ވެވޭ ތަނެވެ. އެހެން ނަމަވެސް ގއ.ވިލިނގިލި ހޮސްޕިޓަލްގައި ތިބެނީ އިތުބާރު ނުހިފޭ އިންސާނިއްޔަތު ކަމެއްވެސް ނެތް ބަޔެކެވެ." އެމީހާ ބުނެފައިވެއެވެ.
2 Comments
ބަލިމީހާގެ ދަރިޔަކު ވިލިނގިލި ކުޖަކާއި އިދެގެންއުޅެނީ ހޮސްޕިލުން ދޫކޮއްލުމުން އެގެޔައް ނުގެންދިޔާއީ ކީވެބާ..ޑިސްޗާޖު ކުރިތާ 3 ދުވަސް ވީއިރުވެސް ބަލިމީލާ އޮތީ ހޮސްޕިޓަލުގަ ވިލިނގިލީގަ ބަލިމީހާގެ ދަރިފުޅުގެ ގެއެން ހުރަފަ އެފަދަ ވިލިގިލީގަ ތިމަނަމެން ދަނަބަޔަކު ނެތޭ ބުނުމަކީ ކި އެ ބަލިމީހާ އެނަގެ ދަރިން ތަރުބިއްޔަތު ކުރުމުގެ އުނިކަމެއް ހުރިކަން އެގެނީ.. ދަރިޔަކު ހުރެފަ ދަރިޔަކު އަޅާނުލުން މީވެސް ވިލިނގިލި ރައްޔަތުން ގެ މައްސަލް އެއްތަ
ޙަބަރުގަ ހޮސްޕިޓަލް ބަހެއްވެސް ލިޔެލިނަމަ