މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ރާއްޖޭގެ ދެ އަންހެނުންނާ ކައިވެނިކޮށްގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިޔަފާރި ކުރަމުންގެންދާ ޖަހަންގިރު އާލަމް 45އ، އޭނާގެ އަންބަކަށް ހަމަލާ ދީގެން މައްސަލަ ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މީޑިއާ އޮފިޝަލް ވިދާޅުވީ ދެމަފިރިއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް އެ އިދާރާއިން ތަހުގީކުރަމުން ގެންދާ ކަމަށެވެ. އެމީހާ ހައްޔަރު ކުރި ކަމެއްވެސް އަދި އެނޫވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
ނަމަވެސް މި މާރާމާރީގެ މަންޒަރު ދުށް މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ޖަހަންގީރު އޭނާގެ އަނބިމީހާގެ ފޯނު ދިނުމަށް އެދުމުން އޭނާ ފޯނު ނުދިނުމުން ފަހަތުން ގޮސް އަންހެން މީހާ ފިހާރަ އަކަށް ވަނުމުން އެތާތެރެއަށް ވަދެ އޭނާގެ އަތް އަނބުރާލައި ކޮޅުފައިން އަންހެން މީހާގެ މޭމަތީގައި ޖެހުމުން އަންހެން މީހާއަށް ވަގުތު ކޮޅަކަށް ނޭވާ ލާން އުނދަގޫ ވެގެން އުޅުނު މަންޒަރު ފެނިފައިވާ ކަމަށެވެ.
އެތަނަށް އަންހެން މީހާގެ ބޭބެ އައުމުން އެމީހާ އަށް ވެސް އިންޒާރު ދިނުމަށްފަހު ފުލުހުން އެތަނަށް އައުމުގެ ކުރިން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރު އެތަނުން ގޮސްފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހާ ކިޔައި ދިނެވެ. ޖަހަންގިރުގެ ދޮށީ އަންބަކީ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް މެމްބަރު އަހްމަދު އައިފާނުގެ އާއިލާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ދިޔަ ސެޕްޓެމްބަރު މަހު ސައިކަލެއްގެ މަޑިދަށުން 442،275ރ. ވަގަށް ނެގި ކަމަށް ތުހުމަތުވާ ޖަހަންގިރު މި ދިޔަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
ވައްކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖަހަންގިރު ހައްޔަރު ކުރީ ސެޕްޓެމްބަރު 12، ގައެވެ. އޭނާގެ ބަންދު ހަތް ފަހަރު އިތުރުކޮށްފައިވާއިރު، ޖުމްލަ 60 ދުވަސް ބަންދުގައި ވަނީ ހޭދަކޮށްފަ އެވެ.
އެފަހަރު ޖަހަންގިރު ބަންދުން ދޫކޮށްލަން ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.
ޖަހަންގިރު ބަންދުން ދޫކޮށްލި އަމުރުގައި ބުނީ މައްސަލައިގައި އިތުރަށް ކުރަންހުރި ކަންތައްތަކުގެ ގޮތުގައި ތަހުގީގުކުރާ ފަރާތުގެ އިގްރާރުގައި ބަޔާންކޮށްފައި ވަނީ ރިޕޯޓުތަކެއް ތައްޔާރު ކުރުމާއި، ޕީޖީ އޮފީހުގެ މަޝްވަރާކޮށް ބައެއް ކަންކަން ސާފުކުރުން ކަމުގައިވާއިރު، މައްސަލައިގައި ލިބިފައިވާ އަދި ލިބެން ހުރި ހެކިތަކަށް ބަލާއިރު، އޭނާއަށް އެ ކަންކަމަށް ބާރު ފޯރުވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒެއް ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ދަލާލަތު ކޮށްދޭ ކަމެއް އެ މައްސަލައިގައި ތެރެއިން ފެންނަން ނެތް ކަމަށް ކޯޓުން ބުންޏެވެ.
ކޯޓުން ބުނީ ބަންދުން ދޫކޮށް ދިނުމަށް އެދި މީގެ ކުރިން ފުލުހުންގެ ފަރާތުން ކޯޓަށް ފޯމެއް ހުށަހަޅާފައިވާ ކަމަށާއި ބަލި ހާލަތާއި ގުޅޭ ކަންކަން މީގެ ކުރިން މަޖިލިސްތަކުގައި ވެސް ފާހަގަކޮށްފައިވާކަމަށެވެ.
"މީނާގެ ބަލި ހާލަތު ހުރި ގޮތުން އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި، މީނާއަކީ އާއިލާއެއް ބަލަހައްޓަމުންދާ މީހެއް ކަމަށާއި ފައިސާތަކެއް ބެހެއްޓިކަމަށް މީހަކު ބުނާ ބުނުން ފިޔަވާ މިއަދާ ހަމައަށް ވެސް އެކަން ވެރިފައި ކުރެވޭނެ ގޮތެއް ނެތްކަމަށް އައިއޯ ބަންދު މަޖިލިސްތަކުގައި ވިދާޅުވެފައިވާ ކަމަށް ދިފާއީ ވަކީލު ފާހަގަކޮށްފައިވޭ،" ޖަހަންގިރު ބަންދުން ދޫކޮށްލި އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ޖަހަންގިރާ ދެކޮޅަށް ފުލުހުން ވަނީ ހެކީގެ ގޮތުގައި ސައިކަލެއްގެ މަޑި ފޭކޮށްގެން އެއްޗެއް ނަގާތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ހުށަހަޅައިފަ އެވެ. އޭގެއިތުރުން ވެސް ވައްކަން ކުރި ކަމުގެ ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
ޖަހަންގިރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގަނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.
މިފަދަ އެހެން މައްސަލަތަކުގައި ބިދޭސީއެއް ނަމަ އެމީހުންގެ ވިސާ ކެންސަލްކޮށް ޑީޕޯޓްކުރާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި މައްސަލައިގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެެއެވެ.
ދިވެހިރާއްޖޭގައި ބިދޭސީންނަށް މިހާ މިނިވަންކަން ދީފައިވާއިރު، އެހެން އެއްވެސް ގައުމެއްގައި ދިވެއްސަކަށް އެގައުމެއްގެ ގާނޫނު ތަކާ ޚިލާފަށް އަމަލުކޮށްފި ނަމަ ވަގުތުން ޖަލަށް ނުވަތަ ޑީޕޯޓުކޮށްލާކަން ފާހަގަ ކުރެވެއެވެ.
4 Comments
ދިވެހި އަންހެނުންނަށް ލާރި ލިބެނިކޮށް ހެޔޮ މި ބަންގުލަދޭޝް މީހުން ވިޔަފާރިކުރަން ދިވެހިންނާ އިންނަނީ މީ ފެންނަންހުރި ބޮޑު މަންޒަރެއް
މީނަގެ ދޮށީ އަނބީގެ 3 ދަރިން ތިބޭ ފަހުން އިނދެގެން އުޅެނީ ލ އަތޮޅު އަންހެނަކީ އޭރުވެސް ހައްވަގާތު ބުނިން މީނައާއި ނީންނާށޭ ދިވެހި މައިން ހޭލުންތެރިވާން ވެއްޖެ ދަރިން ބޭނުންހާގޮތަކަށް އަޅާނުލާ ދޫކުރީމަ ވާގޮތް ތިފެންނަނީ ބަންގާޅިއެއް ފެންނައިރަށް ދިވެހި ބައެއް އަންހެނުން ހޭބަލިވޭ
ދެންް ފަހެެ ފިނިފެންމާާ ގޯޅީގައިި ހުންނަަ އޭނާގެެ ފިހާރައިގަަ މަސައްކަތްް ކުރާަ މީހުންަ ހެނދުު ކާޑުގެެ ބާވަތެއްް ކަމަށްވާާ ހަކުރުު ވިއްކައެވެެ
އެއުޅޭ އިބްރާހިމްގެ ވެރިކަމުގަ އިންޑިޔާ މީހުން ސަލާމަތްކޮއްދިން ކޭސްތައް ލިޔެލަންކެރޭނެތަ