ދިވެހި ފުލުހުންގެ އިދާރާ

މަސްތުވާތަކެތީގެ އެކި ބާވަތްތައް އެއްކޮށްގެން ބޭނުން ކުރާކަން ފާހަގަ ކުރެވޭ، އެކަން މިދަނީ ބަލަމުން: ފުލުހުންމިހާރަކަށް އައިސް

މިހާރަކަށް އައިސް މަސްތުވާތަކެތީގެ އެކި ބާވަތްތައް އެއްކޮށްގެން ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދާ ކަމަށް އެއިދާރާއިން ބުނެފިއެވެ.

މިހާރަކަށް އައިސް ބާރުގަދަ މަސްތުވާތަކެތި ބޭނުންކޮށްގެން ރަނގަޅަށް ހިނގައި ނުގަނެވި، މަގު މައްޗަށް ވެއްޓިފަ ތިބޭ މީހުން ފެންނަ ވީޑިއޯތަށް ސޯޝަލް މީޑިއާގައި އާންމުވަމުންދާ މައްސަލައިގައި "ރިވާޔާ ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުގެ ހާލަތުގައި މަގުމަތީގައި ގިނަ އަދަދެއްގެ ބަޔަކު ތިބޭކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ފަރާތުންވެސް އެފަދަ ޝަކުވާތަކެއް ނުވަތަ މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އަތުލައިގަނެވޭ މަސްތުވާތަކެތި ގަވާއިދުން ތަހުލީލުކުރަމުންދާ ކަމަށާއި އެގޮތުން މި ތަހުލީލުތަކުގެ ނަތީޖާއިން، މަދުން ނަމަވެސް، މަސްތުވާތަކެތީގެ އެކި ބާވަތްތައް އެއްކޮށްގެން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ބަލަމުންގެންދާ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުން އަތުލައިގަނެވޭ މަސްތުވާތަކެތި ގަވާއިދުން ދަނީ ތަހުލީލުކުރަމުން. މި ތަހުލީލުތަކުގެ ނަތީޖާއިން، މަދުން ނަމަވެސް، މަސްތުވާތަކެތީގެ އެކި ބާވަތްތައް އެއްކޮށްގެން ބޭނުންކުރާކަން ފާހަގަކުރެވިފައިވޭ. މިކަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ބަލަމުންގެންދާ ކަމެއް." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން  މިހެން ވިދާޅުވި އިރު، މަސްތުވާތަކެތި ބޭނުންކޮށްގެން ރަނގަޅަށް ކޮޅަށް ނުހުރެވި މަގުމައްޗަށް ދެމީހަކު ވެއްޓިގެން އުޅޭ ވީޑިއޯތަކެއް މި ހަފްތާގައިވަނީ އާންމު ވެފައެވެ. އެކަމާ ގުޅިގެން އާންމުން ކޮށްފައިވާ ބައެއް ކޮމެންޓުތަކުގައި ބުނެފައިވަނީ މިހާރަކަށް އައިސް މަގުމަތިން ގިނަ އަދަދެއްގެ "ޒޯންބީން" ފެންނަ ކަމަށެވެ.

advertisement

1 Comment

  1. ކޮން ވާހަކަޔެއް ފުލުހުންދައްކާކަ ބޮދުރަސްގެފާނު މަގުގަ ހުންނަ ޕުރިންސަސް ފިހާރަކުރިމަތީ ގޯޅިގަނޑުގަ ސައުވީސްގަޑިއިރު މިޔޮއްވިއްކާނަގަނީ މަގުމަތހިން ފުލުހެއްކައިރީ ބުނެލިޔަސް ފެންނަ ކަމައްވެސް ނަހަދާ ދަނީ ގައިމު ރޫޓައްވުރެ ކިޔުކުރެއްނުވާނެ ކަން ހަމަޔަގީން

ހިޔާލު ދެއްވާ!