ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ގެނައި ފޮށިގަނޑެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުމުން40 އަަހަރުގެ ދިވެހި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށި ގަނޑެއް ބަލައި ފާސްކޮށް40 އަހަރުގެ އަންހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޯޓުން ގެނައި ފޮށިގަނޑުގައި މަސްތުވާ ތަކެއްޗަށް ޝައްކު ކުރެވޭ އެއްޗެއް ހުރުމުން ކަމަށްށެވެ. އެކަން ހިނގާފައިިވަނީ މިއަދު ހެނދުނު10:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިހާރަކަށް އައިސް ބައެއް މައްސަލަ ތަކާ ގުޅިގެން ފުލުހުން މައުލޫމާތު ހާމަ ކުރަނީ ނޫސްވެރިންނަށް އެކަންކަން އެނގިގެން ސުވާލުކުރަން ފެށުމުންކަން ފާހަގަ ކޮށްލެވެއެވެ.