ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވާއިރު ބަޔަކު ހަވާ ބަލަނީ... ފޮޓޯ: ރިވާޔާ ނިއުސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވަނީ!

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފްލެޓް ދިމާ ބޭރުން މިރޭ 21:30 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި، މި ހަރަކާތް ކުރިއަށްދާނީ 5 މިނެޓެއް ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތަފާތު މުނާސަބަތުތަކާއި ގުޅިގެން މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.

advertisement
ހިޔާލު ދެއްވާ!