ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އެރުވުމަށް ކުރިން ހަމަ ޖެހިފައިވީނަމަވެސް މޫސުން ތަންނުދޭތީ ހަވާ އެރުވުން ކެންސަލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ކުރިން ބުނެފައިވަނީ، ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފްލެޓް ދިމާ ބޭރުން މިރޭ 21:30 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި، މި ހަރަކާތް ކުރިއަށްދާނީ 5 މިނެޓެއް ހާއިރުކަމަށް އެމްއެންޑީއެފުން އޭރު ބުނެފައިވެއެވެ.
ރާއްޖޭއަށް ކުރަމުންދާ ވިއްސާރަ އަންނަ ހަފުތާގެ ނިޔަލަށް ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.