އައްޑޫ ސިޓީ ހުޅުދޫ ޗަސްބިމުގެ ހުއިތަކެއްގައި އަލިފާން ރޯވެއަނދަމުން އެބަދެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ ޚަބަރު އެ އިދާރާއަށް ލިބުނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ. އަދި އެ އެވަގުތުން ފެށިގެން ރޯވެފައިވާ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީފުން ބުނެއެވެ.
ހުޅުދޫ ޗަސްބިމަކީ ދޭތެރެ ދޭތެރެއިން އަލިފާނުގެ ޙާދިސާތައް ހިނގާ ސަރަޙައްދެކެވެ.