އައިޖީއެމްއެޗްގެ ނަރުހަކަށް މަގުމަތިން މީހަކު ހަމަލާދިނުމުން އެމީހާއަކީ ބޯހަމަ ނުޖެހޭ މީހެއްކަމަށް ފުލުހުން ބުނެފިއެވެ.
"ރިވާޔާ ނިއުސް" އަށް މައުލޫމާތު ދެމުން އެ ނަރުސްކުއްޖާ ބުނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:15 ހާއިރު ޑިއުޓީ ނިންމާފައި ޔުނިޕޯމުގައި ގެއަށް ދަމުން މަޖީދީމަގު(ހެންވޭރު)ގައި ހުންނަ ރެޑްވޭވަށް އެއްޗެއް ގަނެލަން ސައިކަލު ޕާކުކޮށްފައި ދަނިކޮށް ފަހަތުން ދުފައި އައި ފިރިހެނަކު ފުންމައިގެން އަރައި އޭނާގެ ބޮލުގައި ޖަހައި މަގުމައްޗަށް ވައްޓާލުމުން ބޮލަށާއި ބުރަކަށްޓަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ވީތަދުން އަވަހަށް ގެއާ ދިމާލަށް ދިޔަކަމަށާއި، ގެއަށް ދިޔަ ފަހުން، ލިބުނު އަނިޔާއިން އޭނާ ހޭނެތުނު ކަމަށާއި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ހޯދުމަށްފަހު، 22 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ މައްސަލަ ފުލުސް އޮފީހުގައި ޖެއްސި ކަމަށެވެ.
އެރޭގެ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ފުލުހުން އެކުއްޖާއަށް ދެއްކި ކަމަށާއި އެ ވީޑިއޯއިން އެމީހާ އައިސް ފުންމައިގެން އަރައި ހަމަލާދިންތަން ފެންނަ ކަމަށް ނަރުސްކުއްޖާ ކިޔައިދިނެވެ.
ފުލުހުން އެދުވަހު އޭނާ ކައިރީ ބުނެފައިވަނީ އެމީހާ ހައްޔަރު ނުކުރެވިގެން އުޅެނީ އޭނާ އަކީ ބޯހަމަ ނުޖެހޭ މީހަކަށް ވުމުން ކަމަށެވެ. އަދި އެމީހާ ހަމަލާ ދިންކަމަށް ބެލެވެނީ އައިޖީއެމްއެޗްގެ ނަރުސް ޔުނިފޯމުގައި ހުރުމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އެއަންހެން ކުއްޖާ ކިޔައި ދިނެވެ.
އަންހެން ކުއްޖާ ބުނީ އޭނާ އަށް އެމީހާގެ ފަރާތުން ފެނުނީ ބާރުގަދަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން އުޅުނު ކަހަލަ އަލާމާތްތަކެއް ކަމަށް ވެސް އެކުއްޖާ ކިޔައިދިނެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އަދި ޖަވާބު ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ.
މީގެ ކުރިން ވެސް މިސްކިތަކަށް މީހަކު ތަކުރާރުކޮށް ގެއްލުން ދެމުން ދިޔަ އިރު ފުލުހުން ބުނެފައިވަނީ އެމީހާ އަކީ ވެސް ބޯހަމަ ނުޖެހޭ މީހެއް ކަމަށެވެ. އަދި އެފަދަ މީހުން ހައްޔަރު ކުރުމަކީ އެއިދާރާގެ ޒިންމާ އެއް ނޫން ކަމަށް އޭރު ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން އޭރުު ވިދާޅުވެފައިވަނީ އެއީ ޖެންޑާ މިނިސްޓްރީގެ ޒިންމާ އެއްކަމަށެވެ.
މިފަދަ މީހުންގެ ފަރާތުން ރައްޔިތުންނަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ވާނަމަ ކަމާގުޅޭ ފަރާތްތަކުުން އެކަކަންބެލުމަށްފަހު ޒިންމާވާން ޖެހޭ ފަރާތްތަކުން ޒިންމާނަގައި އެފަދަ މީހުން ބަލަހައްޓަން ޖެހެއެވެ.
2 Comments
ވަރައްމަޖާ ކަމެއް! ރއްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަން މަތިކުރެވި ހަވާލުވެފައިވާ މުއައްސަސާއިން ތިބުނަނީ މޮޔަވެ ތަސައްރަފު ކެނޑިގެ އާންމުން ނައް ހަމަލާ ދެމުން ދާ މީހުންޙުއްޓުވުމުގެ އެއްވެސް ބާރެއް ނޮއޮންނަ ވާހަކަ !!
ޖެންޑާ ގަ ތިބޭތޯ އެކަހަލަ މީހުން ހަޔޔަރު ކޮއް ހުއްޓުވޭ ވަރުގެ ޓްރެއިނ ފޯސްއެއް؟
ތިވާނީ ފުލުހެއްގެ ތިމާގެ މީހަކައް