އެޗްއާރްސީއެމްގެ ނައިބު ރައީސަކަށް އައްޔަންކުރަން ކޮމިޓީން ފާސްކުރި އެ ކޮމިޝަންގެ މެންބަރު މުއުމިނާ/ ފޮޓޯ: އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ ނާއިބު ރައީސްއަކަށް މުއުމިނާ އައްޔަނުކުރައްވައިފި

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މުއުމިނާ އާދަމް މިއަދު އައްޔަނު ކުރައްވައިފި އެވެ.

އެޗްއާރުސީއެމުން އެކްސްގައި ކުރި ޕޯސްޓެއްގައިވެސް ވަނީ މުއުމިނާ އެ މަޤާމަށް ޢައްޔަންކުރައްވާފާއިވާކަން ހާމަކުރައްވާފައެވެ. 

އެ މަޤާމަށް މުއުމިނާ އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދިނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް މުއުމިނާ އައްޔަންކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަންއިން މާސްޓާސް ހާސިލުކުރައްވާފައިވާ މުއުމިނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރަކަށް ވެވަޑައިގެންނެވުމުގެ ކުރިން، އެ ކޮމިޝަނުގެ އެސިސްޓެންޓް ރިސާޗް އޮފިސަރުގެ މަގާމާއި ޕްލޭނިން އޮފިސަރުގެ މަގާމާއި ކޯޕަރޭޓް އެފެއާޒް ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.

އެޗްއާރުސީއެމަށް ނައިބަކު އައްޔަންކުރަން މަޖިލިހަށް ނަން ފޮނުވާފައިވަނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާދެއްވުމުންނެވެ.

advertisement
ހިޔާލު ދެއްވާ!