މާލޭސިޓީ ކައުންސިލުން އަޑި ޕާކު ދަނޑުތައް ސާފުކުރުން

މާލެ ސިޓީ ކައުންސިލް އާއި ވެމްކޯ ގުޅިގެން ރޯދަމަހަށް މާލެ ސިޓީ ސާފު ކުރުމުގެ މަސައްކަތް ފަށަނީ

ކުރިޔަށް އޮތް ރަމަޟާން މަހަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލެ ސާފު ކުރުމުގެ މަސައްކަތް ފަށަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، ގޮތަށް ނިންމާފައި ވަނީ، ވެމްކޯއިން ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށް ފަހު ކަމަށާއި މަގުތަކަށް އުކާފައިހުންނަ ކުނިތައް ނަގައި މަގުތައް ސާފުކުރުމުގެ މަސައްކަތް  ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތެރޭގައި މަގުތަކަށް އުކައިފައި ހުންނަ ކުންޏާއި ބާ ވެހިކަލްތައް ނެގުމާއި، އަދި މަގުތަކުގެ ކާނުތައް ސާފުކުރުން ހިމެނޭ ކަމަށާއި، މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ ޔުނިޓުން ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ނިންމާފައިވާކަމަށް ކައުންސިލުން ބުނެއެވެ.

މިއާއިއެކު ރޯދަ މަހަކީ ޢާއްމު މަސްމަހަށް ވުރެ ކުނިބުނިތައް އިތުރުވާނެ މަހެއްކަން ފާހަގަކޮށް މަގުތަކަށް ކުނި ނެއެޅުމަށާއި މާލެ ސާފުކޮށް ބޭއްވުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!