-- އެމްޕީއެލްގެ ސީއީއޯ ވަޖީހް

ކުއްލި ޚަބަރު: އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މަޤާމުން ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން މިއަދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ދަފްތަރު ނަންބަރު ރސ 4589، އަލްފާޟިލް މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަނީ ވަކި ކުރެވިފަ." ކަމަށެވެ.

ޕީސީބީގެ ޕޯސްޓް

އެމްޕީއެލްގެ އެމްޑީކަމުގެ މަޤާމުން މުހައްމަދު ވަޖީހު ވަކިކުރިކަން ޕީސީބީން ބުނިނަމަވެސް ވަޖީހު ވަކިކުރެއްވި ސަބަބެއް ނުބުނެއެވެ. ވަޖީހު އެމްޕީއެލްގެ އެމްޑީކަމުގެ މަޤާމަށް އައްޔަނުކުރެއްވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ވަޖީހު އެމްޕީއެލުން ވަކިިކުރިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ސަރުކާރުގެ ބައެއް މަޤާމުތަކަށް ބަދަލު ގެންނަވަމުންނެވެ.

މިގޮތުން ދާދިފަހަކުން ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ފައިސަލްވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. ވަޖީހު މަޤާމުން ވަކިކުރެއްވިއިރު އޭނާގެ ބޭފުޅަކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިކަނބަލަކާ އެވެ.

 

advertisement
ހިޔާލު ދެއްވާ!