ދިވެހި ފުލުހުންގެ އިދާރާ

ސީޕްލޭން ޓަރމިނަލް ކައުންޓަރ ކައިރީހުރި ފޮށިގަނޑެއް ވަގަށްނެގި މީހެއްގެ ވީޑިއޯ އާންމުކޮށްފި!

ސީޕްލޭން ޓަރމިނަލް ކައުންޓަރ ކައިރީހުރި ފޮށިގަނޑެއް ވަގަށްނެގި މީހެއްގެ ވީޑިއޯ އާންމުކޮށްފިއެވެ.

ވީޑިއޯ އާންމު ކުރަމުން ފުލުހުން ވިދާޅުވީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ އެއަރޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަތަޙުޤީޤުކުރަމުންދާ މައްސަލައެއްގައި ހޯދަމުން އަންނަ މީހެއް ކަމަށެވެ.

https://x.com/PoliceMv/status/1887061753252745520

ފުލުހުން ވިދާޅުވީ އެ ވީޑިއޯއިން ފެންނަ މީހާއަކީ، 2024 ނޮވެންބަރު 23 ވަނަ ދުވަހުގެ ވަގުތެއްގައި ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އަދި ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

advertisement
ހިޔާލު ދެއްވާ!