ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް

ޓްރަމްޕް ކިތައްމެ ބާރުގަޔަސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުކަމެއް ނުކުރެވޭނެ: ރައީސް މައުމޫން

ޓްރަމްޕް ކިތައްމެ ބާރުގަދަޔަސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނުޢަބްދުލްޤައްޔޫމު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްރައްދު ދެއްވައިފިއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫނު ވިދާޅުވީ އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް ޓްރަމްޕް ބުނެފައިވާ ކަމަށެވެ.

އަދިޣައްޒާގައި މިހާރުދިރިއުޅޭމީހުން އެހެންތާކަށް ބަދަލުކުރާނެކަމަށް ވެސް ޓްރަމްޕް ބުނެފައިވާ ކަމަށާ ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީޤާނޫނާ ޚިލާފަށްމިފަދަކަމެއް ކުރެވިގެނެއްނުވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫ ޓްރަމްޕްގެ ވާހަކަތަކަށް ރައްދެއް ދެއްވާފައި މިވަނީ ޣައްޒާއިން މީހުން ބާލާ، އެތަނާ އެމެރިކާއިން ހަވާލުވެ ޣައްޒާ ތަރައްޤީ ކުރާނެ ކަމަށް ޓްރަމްޕް އިއްޔެ ބުނެފައި ވަނިކޮށްނެވެ. އޭނާ ވަނީ ޣައްޒާގެ ރައްޔިތުން ޖޯޑަންއާ މިސްރުގައި އާބާދު ކުރުމަށް އެ ދެ ޤައުމުގައި އެދޭނެ ކަމަށްވެސް ކުރިން ބުނެފައެވެ.

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ފޭބުން ނޫން ގޮތެއް ނެތް ކަމަށްބުނެ ގިނަ ވާހަކަތަކެއް ޓްރަމްޕް ދައްކަމުން އަންނައިރު، ޢަރަބި ޤައުމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ޤައުމުތަކުން ވެސް ދަނީ އެވާހަކަތަކާ ދެކޮޅު ހަދަމުންކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!