ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން މާބަނޑު މީހަކަށް ފަރުވާ ނުލިބި ގިނަ އިރުތަކެއްވެ މަންމަ އާއި ތުއްތު ދަރިފުޅު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި ޝިއުނާ ވިހެއި އޭނަގެ 3 ވަނަ ދަރިފުޅެވެ. އިއްޔެ ހަވީރު ޝިއުނާގެ ދަރިފުޅު ނެގުމަށް ހެދި ސިޒޭރިއަށް އަށް ފަހު ހޭނާރައިގެން މަންމައާއި އަދި ދަރިފުޅުވެސް ވެންޓިލޭޓަރ އަށް ލިއެވެ. ސިޒޭރިއަން ހެދިއިރު ޝިއުނާ ވަރަށްބޮޑަށް އަރިދަފުސް ރޯގާ ޖެހިފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ.
ހެނދުނު ހިނގި މިޙާދިސާއަށް ފަހު އިތުރު ފަރުވާއަށް ޝިއުނާ މާލެ ގެންދެވޭނެ ގޮތް ނުވެ ލަސްވުމާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން އެރަށުގެ ގިނަ ބަޔަކު ވަނީ ހޮސްޕިޓަލް ދޮށަށް އެއްވެ އަޑުގަދަކޮށް އެކަމާއި ނުރުހުން ފާޅުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެންމެފަހުން ރޭ 23:00 ގައި އެއަރ އެމްބިއުލަންސްގައި ދެމައިން މާލެ ފޮނުވަން ކުއްޑޫއަށް ގެންދިޔަ ތަނާ 23:23 ގައި ޝިއުނާ ވަނީ ނިޔާވެފައެވެ. އަދި ދަރިފުޅު މާލެގެންދިޔަ ނަމަވެސް ރޭ ފަތިހު ދަރިފުޅު ވެސް ވަނީ ނިޔާވެފައެވެ.
“އެއަރ އެމްބިއުލަންސް ގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން މަންމައާއި ދަރިފުޅު މި ދުނިޔެ އާއި ވަކިވެގެން ދާންޖެހުމަކީ ވިލިނގިލީ ރައްޔިތުންނާއި އާއިލާއަށް ލިބިގެންދިޔަ ކެތްކުރަން ދަތި ހިތާމަ އެއް. އާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުހޫމާ ޝިއުނާއާއި ތުއްތު ފުރާނަ ކޮޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި ”މި ހާދިސާ އާއި ގުޅިގެން ވިލިނގިލީ ކައުންސިލް މެމްބަރ ޝީބާ އޭނަގެ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެއެވެ.