ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު، މެޒޯމޯޑް ނިޔާވެއްޖެއެވެ.
މެޒޯމޯޑް ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައެވެ.
އުމުރުން 59 އަހަރުގައި މެޒޯމޯޑް ނިޔާވެފައި ވަނީ ޙާލުދެރަވެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
މެޒޯމޯޑް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
މެޒޯމޯޑް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޒޯއަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤުބޫލް ހުނަރުވެރިކަމެއް ދައްކަވާފައިވާ ފަރާތެއް ކަމަށެވެ.
މެޒޯމޯޑް ކިޔާފައިވާ މަޝްހޫރު ލަވަތަކުގެތެރޭގައި "އުޑުން ތަރިތައް" "އެޅި މި ކަނޑުމަތި" ފަދަ ލަވަތައް ހިމެނެއެވެ.
މެޒޯމޯޑަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުގެ ބައްޕައެވެ.