ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން

މަޖިލީސް މެމްބަރެއްގެ ދަރަންޏެއް ސާބިތުވެ ގޮނޑިއާމެދު ސުވާލު އުފެދިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ މައްޗަށް މެޖިސްޓްރޭޓް ކޯޓެއްގައި ދަރަންޏެއް ސާބިތުވުމުން، އޭނާގެ ގޮނޑިއާ މެދު ސުވާލު އުފެދި، ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާ ދަރަންޏެކެވެ.

ސިނާންގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާއިރު، ޤާނޫނު އަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތަކުގެ ތެރޭގައި، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާ ނުކުރުން ހިމަނާފައިވެއެވެ.

ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުގެ މެމްބަރަކަށް މިފަދަ ޙުކުމެއް އިއްވި މީ ފުރަތަމަ ފަހަރު ކަން ފާހަގަ ކުރެވެއެވެ.

 

advertisement
ހިޔާލު ދެއްވާ!