ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް) އިން މުޅިން އަލަށް ބާއްވާ ސިޓީ ކައުންސިލްތަކާއި ކައުންސިލްތަކަށް ޚާއްސަ ކޮށްގެން ބާއްވާ ފުރަތަމަ "ރާއްޖެ ބީޗް ވޮލީބޯޅަ ލީގް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވީއޭއެމް ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ސިޓީ ކައުންސިލްތަކާއި ކައުންސިލްތަކަށް އެކަނި ބައިވެރިވެވޭ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީޚަކީ 2025 މާރޗް 23 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިންނެވެ.
މާލެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި 2025 އޭޕްރިލް 02 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައިން އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަންވެސް ހިމެނެއެވެ.
ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 2025 މާރޗް 23 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިންނެވެ.
މުބާރާތް ބޭއްވޭނެ ތާރީޚް: |
2025 އޭޕްރިލް 02 އިން 10 އަށް |
މުބާރާތް ބޭއްވޭތަން: |
މާލެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި |
މުބާރާތް ކުޅެވޭ ޑިވިޜަން: |
އަންހެން އަދި ފިރިހެން ޑިވިޜަން |
މުބާރާތުގައި ބައިވެރިވެވޭ ފަރާތްތައް: |
މިމުބާރާތް ހުޅުވާލެވިފައިވަނީ ރާއްޖޭގެ ހުރިހާ ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށް |
މުބާރާތު ގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚާއި ގަޑި: |
2025 މާރޗް 23 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން |
ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚާއި ގަޑި: |
2025 މާރޗް 23 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން |
މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ތަން: |
|
މުބާރާތު ގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު ލިބެންހުންނާނީ |
އިއުލާނާއި އެކު އެޓޭޗް ކުރެވިފައި |
އިތުރު މަޢުލޫމާތު: |
3317015 |