ސަޢޫދީ ޢަރަބިއްޔާއަށް އިޤްތިޞާދީ ވަޒީރު ސަޢީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން

ސަޢޫދީ ސަރުކާރާ ދިވެހިރާއްޖެއާ ދެމެދު ވެވުނު ވިޔަފާރިއާބެހޭ ފަހުމްނާމާއަށް ސަޢޫދީ ކެބިނެޓުން ރުހުންދީފި!

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކުލަވައިލި ފަހުމުނާމާއަށް  އެ ޤައުމުގެ ކެބިނެޓުން ރުހުންދީފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ވުޒާރާއިން ބުނީ ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއަށް ސަޢުދީ ޢަރަބިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްއިން ރުހުން ދީފައިވާ ކަމަށާ މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް މަގުފަހިވާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ދިވެހރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އިޤުތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުއެވެ.

މި ފަހުމުނާމާއަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް އިން ދި ކިންގްޑަމް އޮފް ސަޢޫދީ އަރަބިއްޔާއާ ދެމެދު ވެފައިވާ ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގެ ދަށުން ރާއްޖޭގައި ވަރަށް އަވަހަށް ވިޔަފާރިއަށް ޚާއްސަ ފޯރަމެއް ބާއްވާނެކަމަށް އިޤުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!