އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަންފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލަ ހިނގާފައިވަނީ (ނ.،ރ.،ބ.، އަދި ޅ.) އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކަމަށެވެ.
އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ދެ މީހަކު ހިމެނޭ މި މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވަނީ މިދިޔަ އަހަރާއި އޭގެ ދެ އަހަރު ކުރިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށާ ނަމަވެސް އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.