މުޖާހިދު މެދުގައި. ފޮޓޯ: ޓިވީއެމް

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް މުޖާހިދު ހަމަޖައްސައިފި!

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް އަޙުމަދު މުޖާހިދު ހަމަޖައްސައިފިއެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވިއިރު މުޖާހިދު ހުންނެވީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސްއީގެ މާލޭ ކެމްޕަސްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައެވެ.

މުޖާހިދު އެ މަޤާމަށް ހަމަޖެއްސެވީ އެމަޤާމަށް ކުރިމަތިލީ މީހުންގެ ތެރެއިން، އޮންނަ އުސޫލުން ހޮވިގެންނެވެ. މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އާއިޝަތު މުޙައްމަދު ދީދީ ރިޓަޔާ ކުރެއްވުމުންނެވެ.

މުޖާހިދު މިއަދު މަޖީދިއްޔާ ސްކޫލަށް ނިކުންނަވާފައިވާއިރު، އޭނާ ވަނީ ތަޢުލީމީ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ.

މުޖާހިދު ތަޢުލީމު ޙާޞިލް ކުރެއްވީ ތަޢުލީމީ ދާއިރާއިން، މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިންނެވެ. އޭނާވަނީ މާސްޓާސް ޙާޞިލް ކުރައްވައިފައެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން މުޖާހިދަކީ ޓީވީއެމްގެ ބައެއް ޕްރޮގްރާމުތައް ހުށަހަޅައިދެއްވާ ކުޅަދާނަ ޓިވީ ޕްރެޒެންޓަރެއްކަން ފާހަގަ ކުރެވެއެވެ.

 

advertisement
ހިޔާލު ދެއްވާ!