އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޒާހިދާއި، ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރައްވައިފި އެވެ.
މި ދެ ބޭފުޅުންނަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި 2 ބޭފުޅުންނެވެ.
މި މަޤާމުތަކަށް މި ބޭފުޅުން ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ޒާހިދު އެ މަގާމަށް އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ. ނައިބަކަށް ޞަލާޙު އައްޔަން ކުރަން ފެންނަ ކަމަށް 69 މެންބަރުން ވޯޓުދެއްވިއެވެ.
އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ރައީސް މުޙައްމަދު ޒާހިދާއި ނާއިބު ރައީސް ޢަބްދުލްޙަސީބު އިސްމާޢީލްގެ އިތުރުން މެމްބަރުންކަމަށްވާ ޑރ. މުޙައްމަދު ޒާހިރާއި، ޙަސަން ޒަކަރިއްޔާ އާއި، ޢަބްދުލްހަސީބް އިސްމާޢީލެވެ.
އީސީގެ ރައީސަކަށް އެންމެ ފަހުން ހުންނެވީ ފުއާދު ތައުފީގެވެ. އޭނަ ކޮމިޝަނުން ވަކިކިވެވަޑައިގަތީ ދެ ދައުރު ފުރިހަމަކުރެއްވުމަށްފަހުގައެވެ.