ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ޝަރީޢަތާއި ޤާނޫނު ކިޔަވަން ފަށަނީ!

ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއާއި ރައްޔިތުންގެ މަޖްލިސް ގުޅިގެން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނު ކުރުމަށްޓަކައި ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން  މި ކޯހުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވަސިޓީގެ އިސްވެރިންގެ އިތުރުން ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުންނާއެކު އެ ޔުނިވަސިޓީގައި އިއްޔެ ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ  މިފަދަ ކޯހެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމީގޮތުން ޤާބިލު މެންބަރުންތަކެއް ތިބި އަދި ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުން ކަމަށް ވިދާޅުވެފައެވެ.

އިސްލާމިކް ޔުނިވަސިޓީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި ރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކުރިޔަށް ގެންދެވޭނެ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެކެވެ.

advertisement
ހިޔާލު ދެއްވާ!