އަންނަ ފިތުރު ޢީދުގައި މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ގެމަނަފުށީގައި 3 އޮން 3 މުބާރާތެއް ބާއްވަނީ

އަންނަ ފިތުރު ޢީދުގައި މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ގެމަނަފުށީގައި 3 އޮން 3 ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ އަތޮޅުތެރޭ ރަށެއްގައި ހެދިފައިވާ އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ 3 އޮން 3 ދަނޑުގައި ކުޅެވޭ މުބާރާތެވެ.

މި މުބާރާތް އިންތިޒާމްކުރަނީ ގެމަނަފުށީ ސްޕޯޓްސް ކުލަބާއި، ގެމަނަފުށީ ކައުންސިލް އަދި ގެމަލޭންޑް ޓީވީ އިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މުޅި ހުވަދު އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީއަށްވެސް ބައިވެރި ވެވޭ ގޮތަށް ކަމަށް އިންތިޒާމް ކޮމިޓީން މަޢުލޫމާތު ދެއެވެ.

ގެމަނަފުށީ ސްޕޯޓްސް ކުލަބުގެ ރައީސް އައިހަމް އަލީ ވިދާޅުވީ، "މި މުބާރާތަކީ އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަން ބަދަހިކުރުމަށް ރޭވިފައިވާ މުހިންމު ހަރަކާތެއް" ކަމަށެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާރޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމުހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް އިންތިޒާމް ކޮމިޓީން ހާމަކުރިއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ޓްރޮފީއެއް ދޭ ގޮަތަށް ނިންމާފައިވާ ކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ފިތުރު ޢީދުގައި ކަމަށްވާތީ، މުބާރާތުގެ ތައްޔާރީތައް ފުރިހަމަކުރުމަށް އިންތިޒާމް ކޮމިޓީން ދަނީ މަސައްކަތްކުރަމުންނެވެ.

ބައިވެރިވާން އެދޭ ފަރާތްތަށް  https://www.facebook.com/share/p/15t8sMD1XX/?mibextid=wwXIfr މިލިންކުން ފޯމު ހުށަހެޅޭނެއެވެ.

advertisement
ހިޔާލު ދެއްވާ!