އެސްޓީއޯ ޕީޕަލްސް ޗޮއިސް

ލޮނުމެދުގެ އަގު ބާޒާރުގައި އުފުލިފައިވަނިކޮށް އެސްޓީއޯއިން ލޮނުމެދު ބާޒާރަށް ނެރެފި!

ލޮނުމެދުގެ އަގު ބާޒާރުގައި އުފުލިފައިވަނިކޮށް އެސްޓީއޯއިން ތާޒާ ލޮނުމެދު ބާޒާރަށް ނެރެފިއެވެ.

މީގެއިތުރުން އެސްޓީއޯއިން ވަނީ ފިޔާ، ބިސް އަދި އަލުވި ވިއްކާ އަގަށް ބަދަލު ގެނެސްފައެވެ.

އެސްޓީއޯއިން މިބާވަތްތައް އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުންކަމަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެއްކަމަށްވެސް އެކުންފުނިންބުނެފައިވެއެވެ.

އެސްޓީއޯއިން ތާޒާ ލޮނުމެދު ބާޒާރަށް ނެރެފައިވާއިރު، ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ ކިލޯއެއް 45 ރުފިޔާއަށެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

އެސްޓީއޯއިން ވަނީ ހުޅުމާލޭގައި، ރަމަޟާން މަހަށް ޚާއްޞަކޮށް ސްޓޭޝަނެއް ތައްޔާރުކޮށްފައެވެ. މީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހައިން ލިބޭނެގޮތް ހެދުމަށާއި، އާންމުންނަށް މެދުނުކެނޑި މުދާ ލިބެން ހުންނާނެ ގޮތް މަގުފަހިކޮށްދިނުމަށް ޤާއިމުކޮށްފައިވާ ތަނެކެވެ.

އެ ކުންފުނިން ރަމަޟާން މަހަށް ޚާއްސަކޮށް ބާޒާރަށް ނެރުނު ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގަށް ބަދަލު ގެނެސްފައިވާއިރު، މިހާރު ފިޔާ ބަސްތާއެއް ވިއްކަނީ 335 ރުފިޔާއަށެވެ. ވަކިން ކިލޯއެއް ވިއްކަނީ 14 ރުފިޔާއަށެވެ. ބިސް ކޭހެއް ވިއްކަނީ 350 ރުފިޔާއަށެވެ. ވަކިން ބިހެއް ވިއްކަނީ 2 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 515 ރުފިޔާއަށެވެ. ވަކިން ކިލޯއެއް ވިއްކަނީ 25 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ، މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެ ކަމަށެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް އެސްޓީއޯއިން ވިއްކަމުން އައި ތަކެތީގެ އަގަށް ބަދަލު ގެނެސްފައިމިވަނީ ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮ ބަދަލާ ގުޅިގެންނެވެ. އެގޮތުން މީ އެތަކެތީގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރުކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!