ސައޫދީ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ ސަލްމާން މިސްކިތް

ނަމާދުގަޑިއާ ދިމާކޮށް މާލޭގެ މިސްކިތްތައް ކައިރީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މަނާކޮށްފި!

މާލޭގެ މިސްކިތްތައް ކައިރީގައި ހަތަރު ފުރޮޅުލީ އުޅަނދު، ވަކި ވަގުތު ތަކެއްގައި ޕާކުކުރުން  މަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ނަމާދު ވަގުތުތަކުގައި މިސްކިތްތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ބާރު ބޮޑުވާނެކަމަށް ލަފާކުރެވޭތީ، މި ރަމަޟާންމަހު މާލޭގެ 22 މިސްކިތެއްގެ ކައިރީގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަކީ މަނާކަމެއް ކަމަށެވެ.

ޕާކުކުރުން މަނާކޮށްފައިވަނީ ނަމާދު ވަގުތުގެ 10 މިނެޓު ކުރިން ފެށިގެން، ނަމާދުކޮށް ނިމި މިސްކިތްތައް ހިމެނޭ ސަރަހައްދު ހަމައަކަށް އެޅެންދެންނެވެ.

މިގޮތުން ހަތަރު ފުރޮޅުލީ އުޅަނދު އެ ސަރަހައްދުތަކުގައި ޕާކުކުރުން ފުލުހުން ވަނީ މަނާ ކޮށްފައެވެ.

އަދި މީގެ އިތުރުން ސައިކަލުގައި މިސްކިތަށް ދާނަމަ، ޕާކިން ޒޯނުގައި ސައިކަލު ޕާކު ކުރުމަށާއި އެހެން މީހުންނަށް ދަތިނުވާނެ ގޮތަށް ޕާކު ކުރުމަށް ސަމާލުކަން ދިނުމަށް ވެސް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މިސްކިތަށް ދާ މީހުންވެސް ވީހާވެސް ބޮޑަށް ހިނގާފައި މިސްކިތަށް ދިއުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިރުޝާދު ދެއްވާފައިވެއެވެ.

ރަމަޟާން މަހާއި ގުޅިގެން މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބާޒާރުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ފުލުހުން ކުރައްވަމުން އަންނަކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!