ޤުރްއާނާއި ސައެންސްގެ އަލީގައި – ރޯދައިގެ ފައިދާ

ރޯދަހިފުމުން ސިއްޙީ ދުޅަހެޔޮކަން އިތުރުވާކަމީ ޒަމާނީ ސައެންސްގެ ދިރާސާތަކުން ސާބިތުވާ ޙަޤީޤަތެކެވެ.

ދިރާސާތަކުން ހާމަވާގޮތުގައި، ރޯދަހިފުމުގެ ސަބަބުބް އިންސާނާގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، ހަށިގަނޑުގައި އުފެދިފައިހުންނަ ބަލިކަށި "ސެްލް"ތައް ނައްތާލާ، އާ 'ސެލް' ތައް އުފެއްދުމަށް ބާރުއަޅާދޭކަން ވަނީ ސާބިތުވެފައެއވެ. އަދި ސިކުނޑީގެ ޙަރަކާތްތަށް (މަސައްކަތްތަށް) އިތުރުކޮށް ހަލުވިކޮށްދީ، ހަނދާން ގަދަކޮށްދީ، ކަންކަން ދަސްކުރުމަށް ފަސޭހަކޮށްދީ، "ވައިޓްބްލަޑް ސެލްސް" އިތުރުލޮށްދިނުމުގެ ސަބަބުން ދިފާޢީނިޒާމް ވަރުގަދަކޮށްދީ، ހަނަދާންނެތުމުގެ މައްސަލަތަކަށް ޙައްލުހޯދައިދެއެވެ.

މި ފައިދާތަކަށް އިޝާރާތް ކުރައްވާ، މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން ކީރިތި ޤުރްއާނުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ރޯދައާއި ގުޅޭގޮތުން އަދި ރޯދައިގެ ފައިދާއާ ގުޅޭގޮތުން  ބަޤަރާ ސޫރަތުގެ 183 އަދި 184 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

ރޯދައިގެ ފައިދާއާއި ގުޅޭގޮތުން ބަޤަރާސޫރަތުގެ 184 ވަނަ އާތުގެ އެންމެ ފަހުބައިގައި ވާޙީކުރައްވާފައިވާ {وَأَنْ تَصُومُوا خَيْرٌ لَكُمْ ۖ إِنْ كُنْتُمْ تَعْلَمُونَ} މާނައީ، "އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."

މިއީ ރޯދައިގެ ފައިދާއާއި ގުޅޭ އިލާހީ ޙިކްމަތުން ފުރިގެންވާ ވަޙީގެ ބަސްފުޅެކެވެ. ރޯދައިގެ ސަބަބުން އިންސާނާއަށް ފައިދާހުރި އެތައްކަމެއް ދުނިޔެއާއި އާޚިރަތުގައި ލައްވާފައި ވާނެކަން ކަށަވަރުކޮށްދޭ ވަޙީގެ ބަސްފުޅެކެވެ.

އެހެންކަމުން އަޅަމެންނަށް އޮތީ، ﷲއާއި ރަސޫލާ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަހިފުންމަތީ ދެމިތިބުމވެ. ރޯދައިގެ މަތިވެރި ފައިދާއާއި ޞަވާބު ޙާޞިލްކުރެވޭނީ އެގޮތުގައިކަން ކަށަވަރެވެ. ކީރިތި ﷲ އަޅަމެންނަށް އެ މަގަށް ތައުފީޤް މިންވަރު ކުރައްވާށި!

އާމީން!

advertisement
ހިޔާލު ދެއްވާ!