މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން. ފޮޓޯ: ރިވާޔާ ނިއުސް

މިރޭވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އިން މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެޓުން ބުނެފައިވަނީ މިރެއިން ފެށިގެން މާދަމާ ހެނދުނު 6:00 އަށް އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3-6 ހުންނާނެ ކަމަށް ވެސް މެޓް އިން ލަފާކުރެއެވެ.

އިއްޔެ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ބޮޑަށް ވިއްސާރަކުރިއެވެ. އަދި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!