ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް

މައުމޫން ފައުންޑޭޝަންގެ މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އަންގާރަ ދުވަހުގެރޭ ބާއްވަނީ!

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މައުމޫން ފައުންޑޭޝަންގެ މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އަންގާރަ ދުވަހުގެރޭ ބާއްވަން އެ ފައުންޑޭޝަނުން ނިންމައިފިއެވެ.

މައުމޫން ފައުންޑޭޝަނުން ވަނީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވާ ސިލްސިލާ އިޙްޔާ ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާއަށް ހުރިހާ ފަރާތްތަކަށްދަޢުވަތު އަރުވައިފައެވެ. 

މި ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. 

މައުމޫން ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަންގެ ފުރަތަމަ ފޯރަމް އޮންނާނީ، 4 މާރޗް 2025 (އަންގާރަ) ދުވަހުގެރޭ ރޭގަނޑު 21:30ގައި ކަމަށެވެ. 

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށް ސަރުކާރުން ކުރިއަށް ގެންދިޔާ ޕްރޮގްރާމުތަކުގައި ދީނީ އެކިއެކި މައުޡޫޢުތަކަށް ތަޤޫރީރު ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ. އިޙްޔާ ފޯރަމްތައް ފުރަތަމަ ބާއްވަން ފެށީ ވެސް ރައީސް މަޢުމޫންގެ ވެރިކަމުގައެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ އެ ޖަލްސާތައް ބާއްވަން ފެށީ އޭރުގެ ރިޔާސީ ގަނޑުވަރު މުލިއާގޭގައެވެ. ފަހުން އިސްލާމީ މަރުކަޒުގައެވެ.

އުސްތާޛު މައުމޫންގެ ދީނީ ނަސޭހަތުގެ ޕްރޮގްރާމް "ރޯދައިގެ ހިޔަލުގައި" އެތައް އަހަރެއް ފަހުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން މިއަހަރު ގެނެސްދޭން ފަށާފައިވާކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!