ބޭއަދަބީކޮށް ފަސިންޖަރަކާ ވާހަކަދެއްކި ޑްރައިވަރަކަށް އަވަސްއިން ފިޔަވަޅުއަޅައިފި!

ބޭއަދަބީކޮށް ފަސިންޖަރަކާ ވާހަކަދެއްކި ޑްރައިވަރަކަށް އަވަސް އެންޓަޕްރައިޒަސްއިން ފިޔަވަޅުއަޅައިފިއެވެ.

އަވަސްއިން ވަނީ އެ ޑްރައިވަރަށް އަވަސް އެޕް ބޭނުން ނުކުރެވޭގޮތް ހަދާ އެ މައްސަލަ ފުލުހުންނަށާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ހުށަހަޅައިފައެވެ.

މި މައްސަލައާއި ގުޅިގެން އަވަސް އެޕުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އެޕް ބޭނުން ކުރާ ޑްރައިވަރު، މުޙައްމަދު ވާފިރު (ޓެކްސީ ނަންބަރު: AB1A T7646) ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ކުރި ދަތުރެއްގައި ފަސިންޖަރަކާ ބޭއަދަބީކޮށް ވާހަކަދެއްކި މައްސަލަ އެ އެޕް މެދުވެރިކޮށް އެ ކުންފުންޏަށް ލިބުނު ކަމަށެވެ.

ވާފިރު ވަނީ އެ ފަސިންޖަރު ދާން ބޭނުންވި ތަނަށް ގެންގޮސްދީފައި ނުވާކަމަށާ އެކަން އެޕް މެދުވެރިކޮށް ފަސިންޖަރު ވަނީ އެ މީނުނަށް ހުށަހަޅާފައި ކަމަށް ވެސް އަވަސްއިން ވަނީ ބުނެފައެވެ.

އަވަސް އިން ވަނީ އަވަސް އެޕްގެ ޚިދުމަތަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި އެ ޑްރައިވަރާއިމެދު ހަރުކަށި ފިޔަވަޅުއެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ޢަމަލުތައް ހިންގާ ޑްރައިވަރުންނާއިމެދު ފިޔަވަޅުއަޅާނެ ކަމުގެ ޔަޤީންކަން އަވަސްއިން ވަނީ ދީފައެވެ.

 

advertisement
ހިޔާލު ދެއްވާ!