ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިރޭ ބުނީ މޫސުން ރަނގަޅުވުމާއެކު، މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު، ރޯދަމަހު ފުރަތަމަ ފަހަރަށް 92 މެގަވޮޓް ފަހަނާޅާފައިވާ ކަމަށެވެ.
ސްޓެލްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ރަމަޟާންމަހުގެ 4 ވަނަ ދުވަހު 93،338 މެގަވޮޓްގެ ކަރަންޓް މާލެއާއި ހުޅުމާލޭގައި ބޭނުންކޮށްފައިވާ ކަމަށެވެ.
މީގެކުރިން ސްޓެލްކޯއިން ބުނެފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި ކަމަށާ އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށެވެ.
އޭގެފަހުން ރޯދަމަހުގެ 2 ވަނަ ދުވަހު އެންމެ ޕީކްގަޑީގައި 80 މެގަވޮޓް، ރޯދަމަހުގެ 3 ވަނަ ދުވަހު 79،430 މެގަވޮޓް ބޭނުންކޮށްފައިވާ ކަމަށް އެކުންފުނިން ހާޟަކޮށްފައިވެއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ ކަރަންޓު އިޤްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.