ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް، ލޯންޗް ފެރީގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ބޭނުންކުރެވޭގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި މިވަގުތު ތަހައްމަލު ކުރާން
ޖެހިވަޑައިގެންފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ
ދަށުން، ސަރުކާރުން މިއަދު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައި ކަމަށެވެ.
އެމްޓީސީސީން ބުނީ އެކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، އެ ކުންފުނީގެ ފަރާތުން އޮޕަރޭޓްކުރަމުން އަންނަ ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް، މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ދިނުމަށް އެ ކުންފުނިން މިއަދު ވަނީ ނިންމާ އަދި އެކަމާ ގުޅޭ އިއުލާނެއްވެސް މިއަދު ވާނީ ގެޒެޓުކޮށްފައި ވާނޭ ކަމަށެވެ.
އެ އިއުލާނުގައި ވާ ފަދައިން މާލެ އާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، ހެންވޭރު އަދި ހުޅުމާލެ ފެރީޓާމިނަލްގެ ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން mv.com.mtcc@tsd އަށް އީމެއިލް މެދުވެރިކޮށް އެކަން ހުށަހެޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެމްޓީސީސީގެ މި ދެ ފެރީ ޓާމިނަލަކީ މި ފަދަ ޚިދުމަތްތަކަށް ފައްކާކުރެވިފައިވާ ދެތަން ކަމަށް ވާއިރު، އާންމު ލޯންޗު ފެރީގެ
ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މި ދެ ޓާމިނަލްގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމުމަކީ އެކަމުގެ
ސަބަބުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމެއް ކަމަށް އެ ކުންފުނީން ދެކޭ ަކަމަށާ މި ދެ ޓާމިނަލްގައި މި ޚިދުމަތް ފެށިގެންދާއިރު، ރައްޔިތުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން، ކަންކަން އިންތިޒާމުވެފައި ހުރުމަކީ އެ ކުންފުނިން ކަށަވަރު ކުރާނޭ ކަމެއް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
"ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް
ހިންގައި ކާމިޔާބުކަމާއިއެކު ނިންމައިފައެވެ. މިހާރު އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ޢާންމު ދަތުރުފަތުރުގެވެސް އެންމެ
މުހިންމު ބައިވެރިޔާއެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ." އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށެވެ.