ވައްކަމުގެ މައްސަލައެއްގައި 24 އަހަރުގެ ޒުވާނަކު ހޯދަންފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތުޙުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ މުޙައްމަދު ތިބްޔާން ޝަހީން، ގ. ސީވޭވް/މާލެ (24އ) އެވެ.
މި މުޙައްމަދު ތިބްޔާން ޝަހީން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.