ޝިޔާމް އިބުރާހީމް

އެމްޕީއެލްގެ ބޯޑް މެމްބަރު ޝިޔާމް މަޤާމުން ވަކިކޮށްފި!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި ހިމެނޭ ޝިޔާމް އިބުރާހީމް އެ މަޤާމުން ވަކިކޮށްފިއެވެ.

ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން މިއަދު ވަނީ ޝިޔާމް މަޤާމުން ވަކި ކުރެއްވިކަން ހާމަ ކުރައްވައިފައެވެ.

ޝިޔާމް މަޤާމުން ވަކި ކުރައްވާފައިވާއިރު، އެމްޕީއެލްގެ މެނޭޖިންގ ޑައިރެކްޓަރ، އެމްޑީ އަދި ސީއީއޯ ކަމުގައި ހުންނެވި މުޙައްމަދު ވަޖީޙު އިބުރާހީމް ވެސް ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު އެ މަޤާމުން ވަކި ކުރައްވައިފައެވެ.

ވަޖީޙުއަށްފަހު އެމްޕީއެލްގެ އެމްޑީއަކަށް އައްޔަނުކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި މުޙައްމަދު ރިޝްވާނުއެވެ.

މި ދެ ބޭފުޅުން ވެސް މަޤާމުން ވަކި ކުރައްވާފައިވާއިރު، އެ ބޭފުޅުން ވަކި ކުރެއްވި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

advertisement
ހިޔާލު ދެއްވާ!