ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮވެގެން ފުލުހުންނާއި ސިފައިން ޚާއްޞަ އޮޕަރޭޝަނެއް މިރޭ ފަށަން ނިންމާފައިވާ ކަމަށްބުނެ ފުލުހުން ނެރުނު ބަޔާން ކެންސަލްކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގަން ނިންމާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައެވެ. ބަޔާން ކެންސަލް ކުރުމަށްފަހު ފުލުހުން ބުނީ ލިބުނު މަޢުލޫމާތާ ގުޅޭ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ކުރިން ނެރުނު ބަޔާން މި ވަގުތަށް ނަގާފައިވާ ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ޚިދުމަތާ ޤައުމީ ދިފާޢީ ބާރު ގުޅިގެން ޤައުމީ ސަލާމާތައި ގުޅުން ހުރި ޚާއްޞަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ މި އޮޕަރޭޝަނާއި ގުޅޭ މަޢުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.