ފޮޓޯ: ފުލުހުން

މަނަދޫ ފިރިހެނަކު ގެއްލިގެން ހޯދަންފަށައިފި!

ނ. މަނަދޫ ފިރިހެނަކު ގެއްލިގެން ހޯދަންފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، 37 އަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ  2025 މާރިޗު 08 ވަނަ ދުވަހުގެ 16:51 އިން ފެށިގެން އާޢިލާއަށް ޚަބަރެއްނުވެ ޝިހާދު ގެއްލިފައިވާ ކަމަށް 2025 މާރިޗު 10 ވަނަ ދުވަހުގެ 20:05 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާޢިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢަބްދުﷲ ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ  އެދިފައެވެ.

advertisement
ހިޔާލު ދެއްވާ!