ފޮޓޯ: ރިވާޔާ ނިއުސް

މިރޭ މެދުރާއްޖެތެރެއަށާ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓް

މިރޭ މެދުރާއްޖެތެރެއަށާ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ،  މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިރޭ ބުނީ މާދަމާ ހެނދުނުގެ 6:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށާ އަދި މެދުރާއްޖެތެރެއަށާ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި މިސަރަޙައްދުތަކަށް އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާ އެހެން ސަރަހައްދުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ.

ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާ 5 ފޫޓާ ދެމެދުގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް، މިރޭ 11 ޖަހަންދެން ހުދުސަމާލު ނެރެފައިކަން ވެސް ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!