ޤުރްއާނާއި ސައެންސްގެ އަލީގައި – ފެނުން ފަރުވާ!

ކާއިނާތުގައި ލައްވާފައިވާ ކަންތަތަކުގެ ތެރއެއިން ޙިކުމަތެއް ހޯދޭ ކޮންމެފަހަރަކު ޤަދީމީމީހުން ނުވަތަ ފާއިތުވެދިޔަ ޤަރުނުތަކުގައި ފަންނުވެރިން ވަކިގޮތަކަށް ބަރޯސާވެގެން ކަކަން ކޮށްފައި އެވަނީ ކީއްވެގެންކަން ޒަމާނުގެ ސައެންސަށް އެނގި ސާބިތުވެއެވެ. މިގޮތުން ސާބިތުވާ އެއްކަމަކީ، ބަލިތަކަށް ފަރުވާކުރުމަށްޓަކައި ޤުރްއާނުގެ އާޔަތްތަށް ފެނަށް ކިޔެވުމަށްފަހު އެ ފެން އެކިގޮތްގޮތަށް ބޭނުންކުރަމުން އައިސްފައިވާ ކަމެވެ. ޚާއްޞަކޮށް އިސްލާމުންގެ ތެރޭގައި މިކަން ކުރަމުން އައިސްފައިވާ ގޮތެވެ.

ސައެއްސްގެ އަލީގައި އަޑު (ސައުންޑް / ވައިބްރޭޝަން) އިވުމުން އެ އަޑަށް ފެން ޙަރަކާތްކުރާގޮތް ވަނީ ދެނެގަނެވިފައެވެ. އަޑުއިވުމުން ފެނަށް އަންނަ ބަދަލާއީ، އަޑާއި ފެނާއިހުރި ގުޅުންވަނީ ދެނެގަނެވިފައެވެ. މި ލިޔުމުގައި ބަލައިލާނީ އިސްލާމީ ނަޒަރަކުން، ޤުރްއާން ކިޔަވާ އަޑުން ފެނަށް ކުރާ އަސަރުތަކާއި، އޭގެސަބަނުން ފެން ފަރުވާއަކަށް ބަދަލުވާ ޢަޖައިބުކުރުވަނިވި އިލާހީ މީޒާނުގެ މައްޗަށެވެ.

ޤުރްއާނުގެ އަޑާއި ފެނުގެ ޒަރީޢާއިން ފަރުވާކުރެވިދާނެތަ؟

ކީރިތި ޤުރްއާނުގައި ފެނާއިނުލައި އެއްވެސް ދިރުމެއް އުފައްދަވާފައި ނުވާކަމަށާއި، ފެނަކީ ނިޢުމަތެއްކަމަށް އައިސްފައިވެއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އަލް އަންބިޔާއު ސޫރަތުގެ 30 ވަނަ އާޔތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިވެއެވެ: "ހަމަކަށަވަރުން، އުޑާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ އެއުރެން އީމާން ނުވަނީ ހެއްޔެވެ؟"

އަދި ކީރިތި ޤުރައާނަކީ ރަހްމަތާއި ފަރުވާ އެކުލެވިގެންވާ އެއްޗެއްކަން އެ ޤުރްއާނުން ހެކިދެއެވެ. ކީރިތި ޤުރްއާނުގެ އަލް އިސްރާއު ސޫރަތުގެ 82 ވަނަ އާޔތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ތިމަން ރަސްލކަލާނގެ ޤުރްއާނުން މުއްމިނުންނަށް ރަޙްމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވައިލެއްވީމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުން ނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ."

ރުޤްޔާކުރާއިރު ފެނަށް ޤުރްއާން (ފާތިހާ ސޫރަތް އަދި އާޔަތުލް ކުރުސި ފަދަ އާޔަތްތައް) ކިޔެވުމުގެ ސަބަބުން ފެނުގައިހުންނަ މާއްދާތައް ފަރުވާގެ މާއްދާތަކައް، ﷲގެ ބަރަކާތުން ބަދަލުވާކަމަށް ޒަމާނަުއްސުރެ އިސްލާމީ ޢިލްމުވެރިން ޤާބޫލުކުރެއެވެ. އެހެންކަމުން އެފަދަ ފެން ބުއިމުން، ނުވަތަ އުނގުޅުމުން، އިންސާނުންނަށް ދިމާވާ ޖިސްމާނީ، ނަފްސާނީ އަދި ރޫޙާނީ ބަލިތަކަށް ފަރުވާ ލިބޭކަމީ ޙަޤީޤަތެކެވެ.

ޒަމާނުގެ ސައެންސްގެ އަލީގައި އަޑުން ފެނަށް އަންނަނީ ކޮން ބަދަލެއް؟

ސައެސްގެ ހޯދުންތަކުން އެނގޭގޮތުގައި ބޭރުން އަންނަ އެކިކަހަލަ ނުފޫޒުތަކަށް، ޚާއްޞަކޮށް އަޑު އިވުމުން (ސައުންޑް ވައިބްރޭޝަންސް ފެނަށް ފޯރުމުން) ފެނުގައި ހުންނަ މާއްދާތަކަށް (މޮލެކިއުލަރ ސްޓްރަކްޗަރ) އަންނަ ބަދަލުތަށް ވަނީ ދެނެގަނެވިފައެވެ. މިގޮތުން ޖަޕާނުގެ މަޝްހޫރު ސައެންސްވެރިިޔާ ޑޮކްޓަރ މަސަރޫ އިމޯޓޯގެ ދިރާސަތައް ފާހަނގަ ކޮށްލެވެއެވެ.

މަސަރޫގެ ދިރާސާތަކުން، ފެނަށް އިވޭ އަޑާއެއްގޮތަށް ފެން ބަދަލުވާކަންވަނީ ހާމަވެފައެވެ. މިސާލަކަށް ގޯސްވާހަކަ (ނެގެޓިވް) އަޑުއިވޭހެން އަދި ގޯސްކޮށް ކަންތަށްވުމަށް އެދިގެން ދައްކާފައިހުންނަ ވާހަކަތަކުން ފެނަށް ކުރާ އަސަރާއީ އަންނަ ބަދަލުތަކުގެ ތަސްވީރުން އެނގޭގޮތުގައި އެ ތަކެެއްޗަކީ ހަމަޔާއި ވަޒަންގެއްލިފަ ހުންނަ ބަލާލަން ހުތުރު މަންޒަރުތަކެއް ކަމެވެ. އެއާއިޚިލާފަށް، ރަގަޅު ޥާހަކަ (ޕޮޒިޓިވް) އަޑުއިވޭހެން އަދި ރަނގަޅު ކަންކަންވުމަށް އެދިގެން ދައްކާފައިހުންނަ ވާހަކަތަކުން، ފެނަށްކުރާ އަސަރާއި އަންނަ ބަދަލުތަކަކީ ހަމަޖެހޭ، ވަޒަންފުރިހަމަ، ބަލާލަން ހިތްގައިމު އެހާމެ ރީތި މަންޒަރުތަކެއްކަން ހާމަވެއެވ. މިގޮތަށް ބަދަލުވެފަ ހުންނަ ފެން ބޭނުންކުރުމުން އިންސާނާގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ އަދި މުޅި މާޙައުލަށް ބަދަލުތަކެއް އަންނަކަން ވަނީ ދެނެގަނެވިފައެވެ.

އެތަށް އަހަރެއްގެ ދިރާސާތަކަށްފަަހު ކީރިތި ޤުރްއާން ކިޔަވާ އަޑަށް، ފެން ޙަރަކާތްކުރާގޮތް ތަފާވެއި ފުރިހަމަކަން ވަނީ ދެނެގަނެވިފައެވެ. ޤުރްއާނުގެ އަޑު އިވުމުން ފެނުގެ ސްޓްރަކްޗާއަށް އަންނަ ބަދަލުތަކަކީ (ފެނުން އުފައްދާ ޖިއޮމެޓްރިކް ޕެޓާންތަކަކީ، މިއުޒިކްފަދަ އަޑުތަކުން އުފައްދާ ޕެޓާންތަކާއި އަޅާކިޔާއިރު) ނުހަނު ފުރިހަމަ ބަދަލުތަކެއްކަން ވަނީ ދެނެގަނެވިފައެވެ.

އަދިހަމަ މިއާއެކު ފެނުގެ ސާފު ޠާހިރުކަން ((water purityއިތުރުވި މިންވަރަކަށް ފެނުންންކުރާ ފައިދާތަށް އިތުރުވާކަން ސާބިތުވެއެވެ.  މިގޮތުން "ޒަމްޒަމް" ފެން ބޭނުންކޮށްގެން ހެދުނު ދިރާސާތަކުން އެ ފެނުގެ ކޮލިޓީއާއި ޠާހިރުކަން އެހެންފެަނަށްވުރެ އެތައްގުނައެއް އިތުރުކަން ވަނީ ސާބިތުވެފައެވެ. އަދި ޒަމްޒަމް ފެން  އެހެންފެނަކަށް ލާ ގަޑުބަޑުކޮށްލުމުން ދެ ފެނުގެވެސް ކޮލިޓީ އިތުރުވާކަން ވަނީ ހާމަވެފައެވެ.

އަޑާއި އަޑު ދަތުރުކުރާ ރާޅުބާނިތަކުން (ސައުންޑް ވައިބްރޭޝަނުން) ފެނަށް އަންނަ ބަދަލުތައް ދެނެގަތުމަށް، ފިޒިކްސްގެ ދާއިތަރާގައި ހަދާ "cymatics experiments" ތަޙްލީލުތަކުން ދެނެގަނެވިފައިވާ ގޮތުގައި، އަޑުން އުފައްދާ ރާޅުބާނި (ވައިބްރޭޝަންސް) ތަކުން އެއަޑެއްގައި ހިމެނިފައިވާ ޖަޒްބާތީ ރޫޙް ދެނެގަނެ ރިކޯޑްކުރުމުގެ ޤާބިލުކަން ފެނަށް ލިބިގެންވެއެވެ.

އަޑުން ފެނުގައި އެކުލެވިގެންވާ މާއްދާތަކަށް އަންނަ ބަދަލު "Sonochemical Effects" ދެނެގަތުމަށް ކުރެވިފައިވާ ތަޙްލީލުތަކުން ދައްކާގޮތުގައި، މަތީ ފްރިކުއެންސީތަކުގެ ޢަޑު (އަލްޓްރާ ސައުންޑް) ތަކުން ފެނުގައި އެކުލެވިގެންވާ ކެމިކަލް މާއްދާތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ފެނުގެ ޙަރަކާތްތަކަށް ބަދަލުއައިސް ފެނުގެ ފެންވަރު މަތިވުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. މިކަން  "ސޯނޯކެމިސްޓްރީ" ގެ ދާއިރާއިން، 2021 ވަނައަހަރު "ޖާނަލް އޮފް މޮލެކިއުލަރ ލިކުއިޑްސް" ގައި ޝާޢިރު ކޮށްފައިވާ ލިޔުމަކުން އެނގެއެވެ.

އަދި 2022 ވަނަ އަހަރު ޑޮކްޓަރ ޖެރާޑް ޕޮލަކް، ފެން އެކުލެވި ތަރުތީބުވެގެންވާ ގޮތާއި ފެނުގެ ފަށަލަތަށް ލައްވާފައިވާ ގޮތާއި އަދި އެފަށަލަތަށް ޙަރަކާތްކުރުމަށް މެދުވެރިވާ ސަބަބުތައް (މިސާލަކަށް އައްޔާއި ހޫނުން ފެނަށް އަންބަދަލުތައް) ވަޒަންކުރުމަށް ކުރެވުނު ދިރާސާތަކުން ދެނެގަނެވިފައި ވެއެވެ.

މީގެ އިތުރުން، ފެނުގައި ލައްވާފައި ހުންނަ ހައިޑްރޯޖަންގެ ނިޒާމަކީ އިލެކްޓްރޯނިކް ޒަރީޢާއިން ފޮނުވާ މެސެޖްތައް ދެނެގަނެ އެ މެސެޖްތަކަށް ޢަމަލުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ނިޒާމެއްކަން 2020 ވަނަ އަހަރު (ފިޒިކްސް އޮފް ލައިފް ރިވިއުސް) ގައި ޝާޢިރުކޮށްފައިވާ ދިރާސާއަކުން އެނގެއެވެ.

އިސްލާމީ ޤަބޫލުކުރުންތަކާއި ސައެއްސާއި ހުރި ގުޅުން

ކީރިތި ޤުރްއާނުގައިވާ ވަޙީގެ ބަސްފުޅުތަކަކީ ޒަމާނީ ސައެންސްގެ އަލީގައި, ފާޅުކަން ބޮޑުގޮތެއްގައި ސާބިތުވާ މުޢްޖިޒާތްތަކެކެވެ.، އެކަން މަތީގައި މި ބަޔާންކުރެވުނު މިންވަރުންވެސް އެނގި ހާމަވެއެވެ. ޤުރްއާނުގެ އާޔަތްތަކުން ފެނަށް ދިރުން ލިއްބައިދޭކަން ސާބިތުވެއެވެ. އަދި އެއީ ކީރިތި ޤުރްއާނުގެ އިލާހީ މުޢްޖިޒާތަށް ވިސްނާ ފިކުރުކުރާ ކޮންމެ އިސްލާމީ ޢަޤީދާއަކަށް ވަންހަނާކަމެއްވެސް ނޫނެވެ.

ކީރިތި ޤުރްއާން ކިޔެވޭ ރާގާއި މަޚްރަޖާއި އަޑާއި މަޤްޞަދުން، އެ އަޑުއިވޭ ކޮންމެއެއްޗަކަށް އޭގެ މުނާސަބު އަސަރު ކުޜާނެކަމާއި، އަދި އެއީ ބަލިބައްޔަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ ވަޞީލަތެއްކަން "ޖާނަލް އޮފް އޮލްޓަނޭޓިވް އެންޑް ކޮމްޕްލިމެންޓްރީ މެޑިސިން" ގައި 2021 ވަނައަހަރު ޝާއިރު ކޮށްފައިވާ ދިރާސާއަކުން ސާބިތުވެއެވެ.

އަދި ހިތަށް އަސަރުކުރުވާފަދަ ރީތި ރާގުތަކަށް ކީރިތި ޤުރްއާން ކިޔަވާއަޑު އެހުމަކީ ޢެގެ ސަބަބުން އިންސާނާގެ ފިކުރީ އުދާހާއި ނަފްސާނީ ކެކުޅުންތަކަށާއި ވޭނީ ޖަޒްބާތްތަކަށް ލުއިކަން ލިއްބައިދޭ، ޖިސްމުގައި އުފެދޭ ގޯސް ހޯމޯންތަށް މަދުކޮށްދޭ، ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ، ނަފްސާނީ އަދި ޖިސްމާނީ ބަލިތަކަށް ފަރުވާއެއް ކަމަށްވެއެވެ. އަދި މިގޮތަށް ކިޔެވޭ ޤުރްއާނުގެ އަޑުން ފެނުގައި ހިމެނޭ މާއްދާތަކަށް ތާޒާކަމާއި ފުރިހަމަކަން ގެނެސްދިނުމުގެ ސަބަބުން، އެ ފެން ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ދިފާޢީނިޒާމުގެ ސެލްތަކަށް އޭގެ އެދެވޭ އަސަރުކުރާނެކަމީ ﷲގެ ކުޅަދުންވަންތަކަމަށް ވިސްނާ ފިކުރުކުރާއިރު، ވެދާނެ ކަމާމެދު ޝައްކެއްއޮތް ކަމެއްނޫނެވެ.

ރަނަގަޅުގޮތުގައި ފެނުން ފަރުވާ ލިބިގަންނާނީ ކިހިނަކުން؟

ފަންނީ، ޢިލްމީ ދިރާސާކުރައްވާ ފަރާތްތަކުގެ ހޯދުންތަކުގެ އަލީގައި، ކީރިތި ޤުރްއާނާއި ގުޅިގެން ފެނުން ލިބިގަނެވޭ ކޮންމެ ފަރުވާއެއް ލިބިގަތުމުގައި ކޮންމެހެން ލާޒިމް ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި ޤުރްއާން ކިޔެވުމުގައި މަޑުމޮޅިވެ ތަވާޠުޢުވެރިވެ އަސަރާއެކު، ބޭނުންވާ ކަމެއް އަދައިގެން ކިޔެވުމާއި، ޚުޝޫޢަތްތެރިކަމާއެކު ކިޔެވުމާއި، ކާމިޔާބާއި ޝިފާއަކީ ﷲ އިރާދަކުރައްވަވާ ފަރާތަކަށް، އިރާދަކުރައްވާ މިންވަރަކަށް، އިރާދަކުރައްވަވާ ވަގުތަކު، ދެއްވަވާ އެއްޗެއްކަން ހިތުގެ ޚާލިޞްކަމާއެކު ޤަބޫލުކުރުމަކީ ކޮންމެހެން ބޭނުންތެރިަކަމެކެވެ. ބޭނުންކުރެވޭ ފެނަކީ ބޯންކަމުދާ ސާފު ޠާހިރު ފެންކަމުގައި ވުމަކީވެސް މުހިންމު ކަމެކެވެ.

ފެނަށް ޤުރްއާން ކިޔެވުމުން އަންނަ ބަދަލުތަކާއި އޭގެފައިދާ ދެނެގަނެވިފައި ވީނަމަވެސް، އެއްވެސް ނުބައި ނިޔަތެއްގައި ނުބައި ކަމަކަށް އެދިގެން އޭގެ ބޭނުން ނުހިފުމަކީ ކޮންމެ މުއުމިކަށް ލާޒިމްކަމެކެވެ. އިންސާނާގެ ހަށިގަނޑުގެ 65 އިންސައްތަ އަށްވުރެ ބޮޑުބައަކީ ފެން ކަމުން، ﷲގެ މަޚްލޫޤެއް ކަމުގައިވާ ފެނަށް، ﷲގެ ކަލިމަފުޅު ކަމުގައިވާ ކީރިތި ޤުރްއާންގެ މޫރިތި އާޔަތްތަށް ކިޔަވާފައިވާ ރަގަޅުފެން ބޭނުންކުރުމުން، ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ލިއްބައިދޭނެކަމީ، ބުއްދީގެ ހަމަތަކުގެ މަތިން ވިސްނާއިރު ވެދާނެކަމެއް ނޫންތޯއެވެ؟

ނިންމާލުން

ޒަމާނީ ތަޙުލީލުތަކުގެ އަލީގައި، ފެނަށް ދިމާވާ އެކިއެކި ނުފޫޒުތަކުން (އަޑާއި، ފިނިހޫނާއި، އަލިން) ފެނަށް ބަދަލުތަކެއް އަންނަކަން ސާބިތުވެއެވެ، ހަމައެޔާއެކު ކީރިތި ޤުރައާނުގެ ނަސްޚުން ، ހުރިހާ ދިރޭތަކެއްޗެއް ފެނުން ހެއްދެވިކަމާއި، އެ ޤުރްއާނުން މުއްމިނުންނަށް ރަޙްމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވައިލެއްވިކަން ބަޔާންވެފައި އޮތުމުން، ޤުރްއާނާއި ފެނާއި ހުރިގުޅުން ސާފުވެއެވެ.

އެހެންކަމުން، ފަރުވާގެ ބޭނުމުގައި ބޭނުންކުރެވޭ ފެނަކީ ޠާހިރު (ޕިއޯ) ފެންކަމުގައި ވުމާއި ޤުރްއާން ކިޔަވާއިރު ވަކި ކަމަކަށް ނިޔަތްގަނެގެން ކިޔެވުމުން، އެކަމެއް ﷲ ފުއްދަވާ ދެއްވާނެކަން ޤަބޫލުކޮށްގެން ކިޔަވާ، އެ ފެން ބޭނުންކުރުމާއި، އަޑުގަދަ މިއުޒިކާއި ލަވަ ޖަހާފައި ހުންނަނަ (ކްލަބް ރެސްޓޯރަންޓް، ޑިސްކޯ އަދި ބާ ފަދަ)ތަންތާގައި ނުވަތަ، ރުޅިއާއި ޙަސަދައާއި ނަފްރަތާއި އެކު އަބަދު ޒުވާބުކޮށް އަޑުގަދަކޮށް ހަޅޭއްލަވާ އުޅޭ (މީހުން ދިރިއުޅޭ ގެތައް ފަދަ) ތަންތަނުގައި  ބެހެއްޓިފައި ހުންނަ ފެނާއި، މަޑުމައިތި ރިވެތި ރާގުތަކަށް ޤުރްއާން ކިޔަވާ އަޑުއިވޭ ތަނެއްގައި ބެހެއްޓިފައި ހުންނަ ފެނުގެ ތަފާތުތަކެއް ވާކަންވެސް ސާބިތުވެއެވެ.

ބޭސްވެރިކަމަށާއި ސިޙުރުން ފަރުވާލިބިގަތުމަށް ބޭނުންކުރަން އެންމެ ރަނގަޅީ، އެންމެ ސާފު ޠާހިރުފެނެވެ. އޯގާތެރިކަމާއި ކުލުނާއީ ލޯތްބާއި، ރަޙްމާއި، ހަމްދަރްދީއާއެކު ވާހަކަދައްކާ އަޑުއިވޭ ތަންތާގައި ބެހެއްޓިފައި ހުންނަ ފެނެވެ. ޤުރްއާންކިޔެވޭ އަޑާއި ބަންގީގެ އަޑުއިވޭހެން  ބެހެއްޓިފައި ހުންނަ ފެނެވެ. މިގޮތުން ބިންމަތީގައިވާ އެންމެ ޠާހިރު އެންމެ ބަރަކާތްތެރި ފެނަކީ ޒަމްޒަމް ފެނެވެ.

މިކަން ރަސޫލުއްﷲ(ﷺ)ގެ ފަރާތުން އަލް މުޖައްމުލް ކަބީރްގެ 11167 ނަމްބަރު ޙަދީސުންނާއި، ސުނަން އިބްނި މަޖާޙްގެ 3062 ވަނަ ޙަދީސުން ފާޅުކަން ބޮޑުކޮށް އެނގެއެވެ. 11167 ގެ މާނައީ: "ބިންމަތީގައިވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ. އެއިން ބަނޑުހައިހޫނުކަން ފިލުވައިދީ، ބަލިތަކަށް ފަރުވާ ލިއްބައިދެއެވެ." އަދި 3062 ގެ މާނައީ: "ޒަމްޒަމްފެން ބުއި ކޮންމެކަމަކަށް އެފެން ފުދެއެވެ."

ބަލިތަކަށާއި ސިޙުރުން ސަލާމަތްވުމަށް، ޒަމްޒަމް ފެން ބޯއިރު، ތަނެއްގައި އިށީނދެ އިނދެ، ޤިބްލައަށް ކުރިމަތިލައި، ބިސްމި ކިޔުމަށްފަހު، ތިން ނޭވާގެ މިންވަރަށް މަޑުކޮށްލުމަށްފަހު، އެ ބޭނުންވާކަމެއް ފުއްދަވައިދެއްވާތޯ ނިޔަތްގަނެގެންހުރެ، ބުއިމަށްފަހު ﷲ އަށް ޙަމްދާއިސަނާ އަދި ޝުކުރުކުމާއެކު، ރަސޫލުﷲ (ﷺ)ގެ ފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން މޮޅުއިތުރު ވެގެންވާކަމަށް ރިވާވެގެން ވެއެވެ.

 

advertisement
ހިޔާލު ދެއްވާ!