މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު، މަގާމުން ވަކިކުރެއްވި މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ އޭނާގެ ފޭސްބުކް ސްޓޯރީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާގެ ބައްޕާފުޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުއްރަހީމް އަބްދުﷲގެ ފޮޓޯއެއް އާންމު ކުރައްވައި އިދިކޮޅު ފަރާތްތަކަށް މިދެއްވީ މެސެޖެއްބާވައެވެ.
ރޭގަ ފައިސަލް އާންމުކުރެއްވި ފޮޓޯއާއެކު މިއަދު އަޑުއިވިގެން ދިޔައީ ޕީއެންސީގެ ހިންގުމުގެ މަސްސޫލިއްޔަތު ތަކުން އަބްދުއްރަހީމް ދުރުކޮށް އެ ޒިންމާތައް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އާ ހަވާލުކުރެއްވި ވާހަކައެވެ. ނަމަވެސް މިވާހަކަ ޕީއެންސީގެ ބައެއް އިސްބޭފުޅުން ދޮގުކުރައްވައެވެ.
ފައިސަލް އޭނާގެ ފޭސްބުކް ސްޓޯރީގައި ހިއްސާކުރެއްވި ފޮޓޯ
އެހެން ކަމުން ބެލެވޭ ގޮތުގައި މި ފޮޓޯއަކީ ކޮންމެވެސް ބުރަދަނެއް ހުރި ފޮޓޯއެއް ކަމުގައި ބެލެވުމުގެ ފުރުސަތު އެބައޮތެވެ.
މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކި ކުރެއްވި ދުވަހުވެސް އޭނާ ދިން މެސެޖަކީ ރައީސް ނަޝީދުގެ ބަސްފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މަގާމުން ވަކި ކުރެއްވި ދުވަހު ފައިސަލް ވިދާޅުވެފައިވަނީ "ކާމިޔާބީގައި ހިތްތިރިކުރާށެވެ. ނާކާމިޔާބީގައި ހިތްވަރުކުރާށެވެ." މިހެންނެވެ.
ފައިސަލް މަގާމުން ވަކިކުރުމާއި ގުޅިގެން އަބްދުއްރަހީމް ރާއްޖޭގެ މީޑިއާ އަކަށް އިންޓަވިޔު އެއް ދެއްވި އެވެ. އޭގެ ފަހުން އަބްދުއްރަހީމް އުޅުއްވަނީ މީޑިއާތަކަށް ފިއްލަވައިގެން ސިޔާސީގޮތުން ވަރަށް ބޮޑަށް ފަހަތަށް ޖެހިވަޑައިގެން "ހީރޯއަކުން ޒީރޯ އަށް ވެއްޓި" ސީޔާސީ މާބޮޑު ބުރަދަނެއް ނެތި ކަމަށް ސިޔާސީ ފަރާތްތަކުން ފާހަގަ ކުރައްވައެވެ.
ފައިސަލް ރައީސް ނަޝީދު ޕްރޮމޯޓް ކުރައްވަމުންގެންދާއިރު އެމަނިކުފާނުގެ ބައްޕާފުޅު އަބްދުއްރަހީމް އަކީ ރައީސް ނަޝީދުގެ ލާދީނީ ސިޔާސަތުތަކާއި ދެކޮޅަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާޑު ވިދާޅުވަމުންގެންދަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.