ރާއްޖެ އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން އަތުލައިގަތް ބާވަތްތަކުގެ ތެރޭގައި މެތަމްފެޓަމިން- (2138) ގްރާމް، ކެޓަމިން- (1086) ގްރާމް، އަދި ހެރޮއިން- (310) ގްރާމް ހިމެނެއެވެ.
މި ތަކެތީގެ މަގުމަތީ އަގު (ޖުމްލަ): 6.7 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ 13 މާރިޗް 2025، މިއަދު، މާލޭގެ ވިޔަފާރި ބަނދަރުންނެވެ.