ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ފޮނަދޫގައި އިމާމުވެ ހުކުރުކުރައްވައިފިއެވެ.
އެމަނިކުފާނު މިއަދު އިމާމުވެ ހުކުރު ކުރައްވާފައިވަނީ ލ. ފޮނަދޫ މަސްޖިދުލް ޢުލާ ގައެވެ.
ޢަބްދުއްރަޙީމް މިއަދު ފޮނަދޫގައި އިމާމުވެ ހުކުރު ކުރައްވާފައިވާއިރު، އެމަނިކުފާނަކީ އެކި ފަހަރުމަތިން އިމާމުވެ ހުކުރުކުރައްވާ ބޭފުޅެކެވެ. އެހެންނަމަވެސް، މިއީ އެމަނިކުފާނު މަޖްލީހުގެ ރައީސްކަމަށް ވަޑައިގަތް ފަހުން އިމާމުވެ ހުކުރުކުރެއްވި ފުރަތަމަ ފަހަރެވެ.
ރަމަޟާންމަހުގެ ހުކުރު ޚުޠުބާތަކުގެ ތެރެއިން މިއަދު ޚުޠުބާ ޚާއްޞަކުރެވިފައިވަނީ "ނަޞްރުގެ މައްސަރު" މި މައުޟޫއަށެވެ.