މާލޭސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް

ނަރީޝްއަށް ވެސް ވަޒީރުން ފެންވަރުގެ މަޤާމެއް ދެއްވައިފި!

މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން އިސްތިޢުފާދެއްވި އަޙުމަދު ނަރީޝްއަށް ވަޒީރުން ފެންވަރުގެ މަޤާމެއް ދެއްވައިފިއެވެ.

ނަރީޝް މިއަދު ވިދާޅުވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމަށް، ރައީސް މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު އޭނާ އައްޔަންކުރައްވާފައިވާ ކަމަށެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުކަމުންނާއި ކައުންސިލަރުކަމުގެ މަގާމުން މި މާރިޗް މަހުގެ 12 ވަނަ ދުވަހު އިސްތިޢުފާ ދެއްވަމުން  ނަރީޝް ވިދާޅުވީ، އިސްތިޢުފާ ދެއްވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރަން ފުރުސަތު ލިބުމާ ގުޅިގެން ކަމަށެވެ.

ނަރީޝް އިސްތިޢުފާ ދެއްވުމާއި ގުޅިގެން މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާލޭ ސިޓީ ކައުންސިލްގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު މުޙައްމަދު އަރީޝް މިއަދު ވަނީ އިންތިޚާބުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!