ދަނޑުވެރިކަމާބެހޭ ވަޒީރު މަރިޔަމް މާރިޔާ ދަނޑުވެރިއަކާ ބައްދަލު ކުރައްވަނީ.

ޗައިނާއިން ރާއްޖެއަށް ދަނޑުވެރިކަމުގެ ސާމާނު ހަދިޔާކޮށްފި!

ޗައިނާގެ ޕްރޮވިންސަކުން ރާއްޖެއަށް ދަނޑުވެރިކަމުގެ ސާމާނު ހަދިޔާކޮށްފިއެވެ.

ދަނޑުވެރިކަމާބެހޭ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ޗައިނާއިން ވަނީ 213،000 ރުފިޔާގެ ސާމާނު ހަދިޔާކޮށްފައެވެ.

މި ތަކެއްޗަކީ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސްއާ ދެމެދު މިދިޔަ އަހަރު ސޮއި ކުރެވުނު އެއްބަސްވުމުގެދަށުން ދިން ތަކެތި ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިތަކެތ މިހާރު ރާއްޖެ ގެނެސްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ބޮޑެތި ގަސްތަކަށް ސްޕްރޭކުރަން ބޭނުންކުރާ  25 ސްޕްރޭ، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ދެނެގަތުމަށް ބޭނުންކުރާ 100 ޓެސްޓް ކިޓް، އޮޓެމެޓިކުން ފެންދޭ ނިޒާމް ގާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލް އަދި ދޫނި ރޯގާ (އޭވިއަން އިންފުލުއެންޒާ) ވައިރަސް ޓެސްޓް ކުރުމަށް ބޭނުންކުރާ 340 ޓެސްޓް ކިޓް ހިމެނޭ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ ޕެސްޓް ކޮންޓްރޯލް ކުރުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ނަމަވެސް އެކަމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށުގައި ނެތް ކަމަށާ އެހެންކަމުން ޗައިނާއިން ގެނައި ތަކެތި އަތޮޅު އަދި ސިޓީ ކައުންސިލްތަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!