ދިވެހިރާއްޖޭގެ މައި ޖަލު

ޒުވާން ޤައިދީއަކު މާފުށީ ޖަލުގައި ދަންޖެހިއްޖެ!

މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ޒުވާން ޤައިދީއަކު ދަންޖެހިގެން ނިޔާވެއްޖެއެވެ.

ޖަލުގައި މިއަދު ދަންޖެހިފައި ހުއްޓާ ފެނުނީ ސ. މަރަދޫ ފޯ ފްލާވަރ އިބުރާހީމް ޝަމްވީލް، 23 އަހަރެވެ.

ކަރެކްޝަންއިން ބުނީ މިއަދު ހަވީރު 4:20 ހާއިރު އިބުރާހީމް ޝަމްވީލް އޭނާ ހުންނަ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ނަމަވެސް އިބުރާހީމް ޝަމްވީލް ނިޔާވެފައިވާ ކަމަށް 4:55 ގައި ޑޮކްޓަރުން ވަނީ ކަނޑައަޅާފައި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބުރާހީމް ޝަމްވީލަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.

 

advertisement
ހިޔާލު ދެއްވާ!