ޙާފިޡުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ޙަފްލާގެތެރެއިން. ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ޝައިޚް ނާޒިލްގެ ޤުރުއާން ކުލާހަށް ދީނީ ކަންތައްތަކަށް އެހީވާ ވަޤުފް ފަންޑުން އެހީދޭން ނިންމައިފި!

ގިނަ އަދަދެއްގެ ޙާފިޡުން އުފައްދަމުން އަންނަ، ނައިފަރު ޤުރުއާން ލާނިން ސެންޓަރަށް ވަޤްފު ފަންޑުން އެހީދޭން ނިންމާ އެކަން އިޢުލާންކުރައްވަައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާކަމަށާ އެހެންކަމުން މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދިނިމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި، ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެއް ރަށަކުން އެންމެ ގިނަ ކުދިން ޙާފިޡު ކަމުގެ ސަނަދު ހޯދީ ނައިފަރުންނެވެ. އެރަށުގެ 6 ކުއްޖަކު އެރޭ ވަނީ ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައެވެ.

ނައިފަރުގެ ރައްޔިތެއް ކަމަށްވާ އަލްޙާފިޡް އައްޝައިިޙް އަޙުމަދު ނާޒިލް ނައިފަރުގައި ހިންގާ، ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރުގައި މިހާރު ވެސް 38 ދަރިވަރަކު ކިޔަވަމުން ގެންދެއެވެ.

މި މަހުގެ 27 ވިލޭރޭ ބޭއްވި ޙާފިޡުން ދަސްވެނިވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައިވަނީ ކީރިތި ޤުރުއާން ކިޔަވައިދޭ ސެންޓަރުތަކާއި ކްލާސްތަކާއި ޙިފްޡު ކްލާސްތަކަށް ސަރުކާރުން އެހީތެރިވެ ދެއްވާނެ ކަމަށާ އިސްލާމީ މަރުކަޒެއް ޤާއިމުވެފައިވާ ކޮންމެ ރަށެއްގައި ޤުރުއާން ހިތުދަސްކުުރުމުގެ މަޝްރޫޢު ފުޅާކޮށް ކުރިއަށް ގެންދަވާނެ ކަމަށާއި ހުރިހާ ރަށެއްގައި މިސްކިތްތަކުގައި އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!