އަޒީޒާ މިސްކިތުގައި އިމާމުވެ ނަމާދުކޮށްދެއްވި މިސުރުގެ ރައްޔިތެއް

ހުޅުމާލޭގެ އަޒީޒާ މިސްކިތުގެ އިމާމުން ހާޒިރުނުވުމުން ޢީދު ނަމާދު ކުރީ އެ މިސްކިތަށް ދިޔަ ބިދޭސީއެއް!

ހުޅުމާލޭގެ އަޒީޒާ މިސްކިތުގެ އިމާމުން ހާޒިރުނުވުމުން ޢީދު ނަމާދު ކުރީ މިސްކިތަށް ދިޔަ މިސުރުގެ ރައްޔިތެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމިސްކިތަށް މިއަދު އީދު ނަމާދަށް ދިޔަ މީހަކު ކިޔައިދިން ގޮތުގައި ތިން އިމާމުން އެ މިސްކިތަށް ކަނޑައަޅާފައިވާއިރު އެތަނުން އެއްވެސް މުދިމަކު ހަތެއް ޖެހިއިރުވެސް މިސްކިތަށް ނާންނަކަމަށް އެމީހާ މައުލޫމާތު ދިނެވެ.

IMG_8444

އެމީހާ ބުނީ އިމާމު ނައިސްގެން ކުރީސަފުގައި ތިބި ހުރިހާ ދިވެހިން ގާތުން އިމާމުވެ ނަމާދުކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެއްވެސް މީހަކު ނުކުރުމުން މިސްކިތަށް ދިޔަ މިސުރަށް ނިސްބަތްވާ ރައްޔިތަކު އިމާމުވެ އީދު ނަމާދުކޮށްދީފައިވާ ކަމަށެވެ. އެމިސްކިތުގައި އީދު ނަމާދު ކުރަން ފެށީ 07:15 ގައި ކަމަށެވެ.

މުދިމުން ގަޑިއަށް ނުދިޔުމަކީ ވަރަށްގިނައިން ފާހަގަ ކުރެވޭކަމެކެވެ. މީގެ ކުރިން ވެސް އެފަދަ ޝަކުވާ ސޯޝަލް މީޑިއާގެ ސަމާލު ކަމަށް އައިސްފައިވާ ކަން ފާހަގަ ކުރެވެއެވެ.

ތިން މުދިމުން ކަނޑައަޅައިފައި ތިބޭއިރު އެންމެ މުދިމަކު ވެސް މިފަދަ މުހިންމު ދުވަހެއްގައި ނުދިޔުމަކީ ފިޔަވަޅު އަޅަން ޖެހޭ ވަރުގެ ސީރިއަސް މައްސަލައެކެވެ.

 

advertisement
ހިޔާލު ދެއްވާ!