ހުޅުމާލެ އަޒީޒާ މިސްކިތު ދެ މުދިމުން ފަސް އަހަރު ދުވަހަށް ޚުތުބާ ކިޔުމުން ސަސްޕެންޑު ކުރަން ވާނީ އަންގާފައި: މިނިސްޓަރ

ހުޅުމާލެ އަޒީޒާ މިސްކިތު ދެ މުދިމުން ފަސް އަހަރު ދުވަހަށް ޚުތުބާ ކިޔުމުން ސަސްޕެންޑު ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާ ގްރޫޕަށް ފޮނޮއްވި މެސެޖެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެމީހުން ވެސް މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުޞޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށެވެ.

އަދި އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް ވަނީ ކަމާބެހޭ ޔުނިޓަށް އަންގާފައި ކަމަށެވެ.

ރިވާޔާ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީދު ނަމާދަށް އިމާމުން ނައިސްގެން ކުރީސަފުގައި ތިބި ހުރިހާ ދިވެހިން ގާތުން އިމާމުވެ ނަމާދުކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެއްވެސް މީހަކު ނުކުރުމުން މިސްކިތަށް ދިޔަ މިސުރަށް ނިސްބަތްވާ ރައްޔިތަކު އިމާމުވެ އީދު ނަމާދުކޮށްދީފައިވާ ކަމަށެވެ. އެމިސްކިތުގައި އީދު ނަމާދު ކުރަން ފެށީ 07:15 ގައި ކަމަށެވެ.

 

advertisement
ހިޔާލު ދެއްވާ!