ޤަވާޢީދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އަދި އުޅޭ ސަރަހައްދުތައް ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ހިންގި ޚާއްސަ ޙަރަކާތުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އިމިގްރޭޝަންގެ ޚިދުމަތްތައް ދޭން ހަމަޖެހިފައިވާ ގަޑިތަށް އާންމުކޮށްފި

ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މޯލްޑިވްސް އިމިގްރޭޝަނުގެ ޚިދުމަތްތައް ދޭނޭ ގަޑިތައް އާއްމުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އިމުގާ ޕޯޓަލް މެދުވެރިކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޕާސްޕޯޓް ހެއްދުމަށް ފޯމް ހުށަހެޅޭނޭކަމަށެވެ. މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ ހާލަތްތައް ދިމާވެފައިވާ މީހުންނަށް އޮންލައިނުކޮށާއި، އިމިގްރޭޝަނަށް ގޮސްގެން ހިދުމަތް ހޯދޭނޭކަމަށް އެއިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ އެފަދަ ހާލަތްތަކުގައި ވާ މީހުންނަށް ހިދުމަތްދިނުމަށް ހެނދުނު 09:15 އިން މެންދުރު 12 ޖެހުމާއަމަޔަށް އިމިގްރޭޝަން ހުޅުވާފައި ހުންނާނޭ ކަމަށެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރުދޫކުރުމަށް ކިބީ މެދުވެރިކޮށް ހެނދުނު 09:15 އިން މެންދުރު 12 ޖެހުމާއަމަޔަށް ނމްބަރު ނެގޭނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެއިދާރާއިން ވަނީ މިދުވަސްތަކުގައި އެންފޯސްމަންޓް އެންޑް ކޮމްޕްލައިން ޑިވިޝަނާއި، ސީޕޯޓްގެ ހިދުމަތްވެސް ދޭނޭ ގަޑިތައް އާއްމުކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ މެޑިކަލް ކަމެއްގައި އެމަޖެންސީކޮށް 9555333 ކަށް ގުޅުމުން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ.

advertisement
ހިޔާލު ދެއްވާ!