އައްޑޫ ސިޓީ ހިތަދޫ ކުޅިއެއްގެ ތެރެއިން މަރުވެފަައި އޮތް ބިދޭސީއަކު މިއަދު ފެނިއްޖެއެވެ.
މިކަމާގުޅިގެން ފުލުހުން ވިދާޅުވީ އާރިކިޅި ތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ އިދާރާއަށް ރިޕޯޓުކުރީ ހެނދުނު 9:33 ހާއިރު ކަމަށެވެ.
އަދި އެ މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މަރުވެފައިވާ ބިދޭސީ މީހާގެ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން އެއީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަން މިހާތަނަށް ސާފެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.