ހުޅުމާލެ ހޮސްޕިޓަލް

ބިދޭސީންގެ ބޮޑު މާރާމާރީއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ގިނަ ބަޔަކަށް ފަރުވާދޭންފަށައިފި!

ހުޅުމާލޭގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި ބޮޑު މާރާމާރީއާ ގުޅިގެން ހުޅުމަލެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ފުރިއްޖެ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފިއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅުމާލޭގެ އެމާޖެންސީގައި 10 އެނދު ހުންނައިރު، އެތަން އެއްކޮށް ވަނީ ފުރިފައެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މި މާރާމާރީގައި އަނިޔާވި ބަޔަކަށް ހުޅުމާލެ ހޮސްޕިޓަލުގައި އާއި ޓްރީޓޮޕްގައި ފަރުވާދެމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

މި މާރާމާރީގެ މަޢުލޫމާތު ލިބުނުވަރަކުން ހިއްސާ ކުރާނެ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކި ވަރުގެ އަނިޔާލިބިގެން ބަޔަކަަށް ފަރުވާ ދެމުން ދާ ކަމަށާ އަނިޔާވެގެން ފަރުވާދޭ 10 ވަރަކަށް މީހުން ހިމެނޭ ކަމަށެވެ.

އަދި އެ މީހުން އެކްސްރޭ އާއި ޓެސްޓުތައް ހެދުމުގެ ކަންކަން ދަނީ ކުރެވެމުން ކަމަށާ ސީރިއަސް އަނިޔާތެއް ލިބިފައެއް ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!